ފާދިއްޕޮޅު ކުރެންދޫ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ކުރެންދޫ ކައުންސިލް އިދާރާގެ ވެބްސައިޓް ފަރުމާ ކޮށްދޭނެ ފަރާތެއް ބޭނުންވެއްޖެ.

ފާދިއްޕޮޅު ކުރެންދޫ ކައުންސިލް އިދާރާގެ ވެބްސައިޓް ފަރުމާ ކޮށްދެއްވުމަށް ޝައުގުވެރި ވެލައްވާ ފަރާތްތަކުން 15 އޮގަސްޓް 2024ވާ ބުރާސްފަތި ދުވަހުގެ 14:00ގެ ކުރިން މިއިދާރާއަށް ލިޔުމަކުން ނުވަތަ، އީމެއިލް  މެދުވެރިކޮށް ބިޑް ރަޖިސްޓްރީ ކުރެއްވުން އެދެމެވެ.  މެއިލް މެދުވެރިކޮށް ފޮނުއްވާނީ procurement@kurendhoo.gov.mv  އަށެވެ. މަޢުލޫމާތު ސާފުކުރައްވަން ބޭނުންވާ ފަރާތްތަކަށް ބާއްވާ ބައްދަލުވުން، 22 އޮގަސްޓް 2024 ވާ ބުރާސްފަތި ދުވަހުގެ 10:00ގައި ފާދިއްޕޮޅު ކުރެންދޫ ކައުންސިލްގެ އިދާރާގެ މީޓިންގ ހޯލްގަ އޮންނާނެއެވެ.

ބިޑްރަޖިސްޓްރީ ކުރެއްވުމަށް ފޮނުވާއިރު ހިމަނަންޖެހޭ މަޢުލޫމާތު:

1-   އިޢުލާން ނަންބަރު (މެއިލްގެ ސަބްޖެކްޓްގައި ލިޔުމަށް)

2-   ކުންފުނި ނުވަތަ އިންވެސްޓްމެންޓްގެ ރަޖިސްޓްރީގެ ސާފު ފޮޓޯކޮޕީ

3-   ގުޅޭނެ ފޯނު ނަންބަރު

4-   އީމެއިލް އެޑްރެސް

5-    މެއިލް ފޮނުވާ ފަރާތުގެ ނަމާއި ޙައިސިއްޔަތު (އައިޑެންޓިޓީ ކާޑްގެ ސާފު ފޮޓޯކޮޕީއެއް) މެއިލްގައި އެޓެޗް ކުރަންވާނެއެވެ.

 

       އަންދާސީ ހިސާބު ހުށަހަޅުއްވާނީ 29 އޮގަސްޓް 2024ވާ ބުރާސްފަތި ދުވަހުގެ 13:00ގައި މިއިދާރާގައެވެ. އިތުރު މަޢުލޫމާތު ބޭނުންފުޅުވާ ފަރާތްތަކުން މިއިދާރާއަށް އީމެއިލްކުރެއްވުންއެދެމެވެ. ނުވަތަ ސަރުކާރު ބަންދުނޫން ދުވަސްތަކުގެ ރަސްމީގަޑީގައި 7505591 ނަންބަރު ފޯނާއި ގުޅުއްވައިގެން މަޢުލޫމާތު ސާފުކުރެއްވުން އެދެމެވެ.

        މިހެންވެ މިކަން ޢާއްމު އަންގާ އިޢުލާން ކުރީމެވެ.

04 އޮގަސްޓް 2024
ހޯދާ