މިނިސްޓްރީ އޮފް ސްޕޯޓްސް، ފިޓްނަސް އެންޑް ރެކްރިއޭޝަން
ދިވެހިރާއްޖެ
ރަށްރަށުގައި ހުރި މަރުކަޒުތަކުގެ ނަން "ފިޓްނަސް އެންޑް ރެކްރިއޭޝަން ސެންޓަރ" އަށް ބަދަލުކުރުމާ ގުޅޭ

                                އިޢުލާން

ރަށްރަށުގައި ހުރި މަރުކަޒުތަކުގެ ނަން "ފިޓްނަސް އެންޑް ރެކްރިއޭޝަން ސެންޓަރ" އަށް ބަދަލުކުރުމާ ގުޅޭ

މިނިސްޓްރީގެ މެންޑޭޓަށް ބަދަލު ގެނައުމާ ގުޅިގެން ކުރިން ރަށްރަށުގައި ހިންގަމުން ދިޔަ މި މިނިސްޓްރީގެ ދަށުގައި ހުރި މަރުކަޒުތަކުގެ ނަން ބަދަލު ކުރެއްވިކަން ރައީސުލްޖުމްހޫރިއްޔާގެ އޮފީހުން ވަނީ އަންގަވާފައެވެ.

ވީމާ، މީގެ ފަހުން މި މިނިސްޓްރީގެ ބެލުމުގެ ދަށުން ހިންގަމުންދާ މަރުކަޒުތަކުގެ ނަން ބޭނުންކުރާނީ "ފިޓްނަސް އެންޑް ރެކްރިއޭޝަން ސެންޓަރ" މި ނަމުގެ ކުރިއަށް އަތޮޅާއި ރަށުގެ ނަން އިތުރު ކޮށްގެންނެވެ.

މިހެންވެ ޢާންމުންގެ މަޢުލޫމާތައްޓަކައި  މިވާހަކަ ދެންނެވީމެވެ. 

05 އޮގަސްޓް 2024
ހޯދާ