ޔުޓިލިޓީ ރެގިއުލޭޓަރީ އޮތޯރިޓީ
ދިވެހިރާއްޖެ
ޔުޓިލިޓީ ރެގިއުލޭޓަރީ އޮތޯރިޓީގެ ލެބަށް ބޭނުންވާ އިކުއިޕްމެންޓް ސަޕްލައިކޮށްދޭނެ ފަރާތެއް ހޯދުމާއި ގުޅޭ

ތަޢާރަފް   

ޔުޓިލިޓީ ރެގިއުލޭޓަރީ އޮތޯރިޓީގެ ލެބަށް ބޭނުންވާ އިކުއިޕްމެންޓް ސަޕްލައިކޮށްދޭނެ ފަރާތެއް ހޯދުމަށް ބޭނުންވެއެވެ. ވީމާ، މި މަސައްކަތަށް ބީލަން ހުށަހެޅުމުގެ ދަޢުވަތު މިކަމަށް ޝަރުތުހަމަވާ ހުރިހާ ފަރާތްތަކަށް ހުޅުވާލަމެވެ.

 

މަޢުލޫމާތު ސާފުކުރުން:

 

މި މަސައްކަތުގެ ސްކޯޕް އޮފް ވޯރކްސް އާއި ގުޅޭގޮތުން އިތުރު މަޢުލޫމާތު ސާފުކުރައްވަން ބޭނުންފުޅުވެވަޑައިގަންނަވާނަމަ 13 އޮގަސްޓް 2024 ވާ އަންގާރަ ދުވަހުގެ 10:00 ގެ ކުރިން މިއޮތޯރިޓީގެ އީމެއިލް އެޑްރެސް secretariat@ura.gov.mv އަށް އީމެއިލް ކުރެއްވުން އެދެވެ.

މިސުވާލުތަކަށް 13 އޮގަސްޓް 2024 ވާ އަންގާރަ ދުވަހުގެ 14:00 ގެ ކުރިން ޖަވާބު އެރުވޭނެއެވެ.

 

ބީލަން ހުށަހެޅުން އަދި ބީލަމުގެ ވެލިޑިޓީ:

މި މަސައްކަތަށް ބިޑް ހުށަހެޅުމާއި ބިޑް ހުޅުވުން އޮންނާނީ14 އޮގަސްޓް 2024 ވާ ބުދަ ދުވަހުގެ 11:00 ގައި ޔުޓިލިޓީ ރެގިއުލޭޓަރީ އޮތޯރިޓީގައި އަންދާސީ ހިސާބު ހުށަހަޅުއްވާ ފަރާތްތަކުގެ ހާޒިރުގައެވެ. ބީލަންތައް ހުންނަންވާނީ ސިޓީއުރައެއްގައި ބަންދުކުރެވިފައެވެ.

އަދި ބީލަމުގެ މުއްދަތުގެ ގޮތުގައި ބިޑް ހުށަހަޅާ ތާރީޚުން ފެށިގެން 90 ދުވަސް އޮންނަންވާނެއެވެ.

05 އޮގަސްޓް 2024
ހޯދާ