އަރިއަތޮޅު ދެކުނުބުރީ ފެންފުށީ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
އާންމު ތަންތަނަށާއި މަގުމައްޗަށާއި ފަޅުތެރެއަށް ދޫކޮށްލާފައިވާ ތަކެތި ނެގުމާއި ގޭގޭ ގޯތީގައި ނުވަތަ މަގުގައި ހައްދާފައިވާ ގަސްތައް ކޮށައި ބެލެހެއްޓުމުގެ ޢުސޫލު އާންމުކުރުން

މިކައުންސިލްގެ ޤަވާއިދު ނަންބަރު 2019/R-39 "އާއްމު ތަންތަނަށާއި މަގުމައްޗަށާއި ފަޅުތެރެއަށް ދޫކޮށްލާފައިވާ ތަކެތި ނެގުމާއި ބެހޭ ޤަވާޢިދު" ގެ 13 ވަނަ މާއްދާގައިވާ ގޮތުގެމަތިން އެ ޤަވާޢިދު ނަގަހައްޓައި ހިންގުމަށްޓަކައި އެކުލަވާ ލެވިފައިވާ " އާއްމު ތަންތަނަށާއި މަގުމައްޗަށާއި ފަޅުތެރެއަށް ދޫކޮށްލާފައިވާ ތަކެތި ނެގުމާއި ގޭގޭ ގޯތީގައި ނުވަތަ މަގުގައި ހައްދާފައިވާ ގަސްތައް ކޮށައި ބެލެހެއްޓުމުގެ އުޞޫލު " މިކައުންސިލްގެ 4 ވަނަ ދައުރުގެ 136 ވަނަ އާންމުބައްދަލުވުމުން 17 އޭޕްރީލް 2024 ވަނަ ދުވަހު ވަނީ ފާސްކުރެވިފައެވެ. މިއު ޞޫލް މިއިއުލާނާއެކު އާންމުކުރީމެވެ.

ވީމާ މިއުޞޫލާ އެއްގޮތަށް އަމަލްކުރުމަށް އެންމެހާ ފަރާތްތަކަށް އަންގާ އާންމުކޮށް އިއުލާންކުރީމެވެ.

05 އޮގަސްޓް 2024
ހޯދާ