ކޮޅުމަޑުލު ވިލުފުށީ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ގޯތީގެ ފައުންޑޭޝަން އެޅުމާއި ގުޅޭ

ގޯތީގެ އިންވަކިކޮށް ފައުންޑޭޝަން އެޅުމުގެ މަސައްކަތް ކައުންސިލް އިދާރާއަށް ނާންގައި ކުރަމުންދާކަން ވަނީ ފާހަގަ ކުރެވިފައެވެ. މިކަމުގެ ސަބަބުން ރަޖިސްޓްރީކުރުމުގެ މަރުހަލާގައި ގޯތީގެ މިންތައް ޗެކްކުރާއިރު ހައްލުކުރުމަށް އުނދަގޫ އެތައް މައްސަލަތަކެއް ދަނީ ދިމާވަމުންނެވެ. އަދި ޖެހިގެން އޮންނަ ގޯތީގެ މިންހަމަކުރުމަށް ބައެއްފަހަރު ފައުންޑޭޝަން ނެގުންފަދަ ކަންކަންކުރަން އަންގަންޖެހުމަކީ އޭގެ ސަބަބުން މާލީ ގޮތުން ވެސް ބޮޑެތި ގެއްލުންތައް ކުރިމަތިވާ ކަމެކެވެ. 

ވީމާ، ގޯތީގެ ފައުންޑޭޝަން އެޅުމަށް ތައްޔާރުކޮށް، މަސައްކަތް ކުރުމުގެކުރިން އިދާރާއަށް އަންގައި މިންތައް ކަށަވަރުކުރުމަށްފަހު މަސައްކަތް ކުރުމަށް އާންމުކޮށް އަންގާ އިޢުލާންކުރީމެވެ.     

06 އޮގަސްޓް 2024
ހޯދާ