އަރިއަތޮޅު ދެކުނުބުރީ ފެންފުށީ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ދުނިޔޭގެ ޒުވާނުންގެ ދުވަސް ފާހަގަކުރުން

ދުނިޔޭގެ ޒުވާނުންގެ ދުވަސް ފާހަގަކުރުމުގެ ގޮތުން ފިރިހެނުންނަށް ހާއްސަކޮށްގެން ފުޓްބޯޅަ މެޗްއެއް އަދި އަންހެނުންނަށް ހާއްސަކޮށްގެން ވޮލީބޯޅަ މެޗެއް 12 އޯގަސްޓް 2024 ވާ ހޯމަ ދުވަހު ކުޅުމަށް ވަނީ ހަމަޖެހިފައެވެ.

  • މި މެޗްގައި ބައިވެރިވާ ފަރާތްތަކުގެ މެދުގައި ޓީމް ބަހައިލެވޭނެގޮތް ތިރީގައި އެވަނީއެވެ.

-          11 އޯގަސްޓް 2024 ގެ ނިޔަލަށް 30 އަހަރު ފުރިފައިވާމީހުން (30 އަހަރުންމަތީ މީހުންގެ ޓީމް)

-          11 އޯގަސްޓް 2024 ގެ ނިޔަލަށް 30 އަހަރު ނުފުރޭ މީހުން (30 އަހަރުން ދަށުގެ މީހުންގެ ޓީމް)

        މި މެޗްގައި ބައިވެރިވުމަށް އެދޭ ފަރާތްތަކުން 11 އޯގަސްޓް 2024 ވާ އާދީއްތަ ދުވަހުގެ 12:00 ގެ ކުރިން ނަން ނޯޓް ކުރެއްވުމަށް ނަން، އެޑްރެސް، އުފަން ތާރީޙް 7968434 އަށް މެސެޖް ކުރެއްވުމަށް އެދެމެވެ.

  • މި މެޗްގައި ބައިވެރިވެވޭނީ ސުކޫލް ނިމިފައިވާ ދަރިވަރުންނަށް ކަމުގައި ދަންނަވަމެވެ.

ވީމާ، 11 އޯގަސްޓް 2024 ވަނަ ދުވަހު 12:00 ގެ ފަހުން ހުށަހަޅާ ނަންތައް ބަލައި ނުގަނެވޭނެ ވާހަކަ ދެންނެވީމެވެ.

 

ނޯޓް: ފުޓްބޯޅަ އަދި ވޮލީ މެޗް ނިންމުމަށްފަހު އެކުވެރިކަން އާލާކުރުމުގެ ގޮތުން މި މެޗްގައި ބައިވެރިވާ ފަރާތްތަކަށް ވަރަށް ހާއްސަ ސައެއް އޮންނާނެއެވެ.

06 އޮގަސްޓް 2024
ހޯދާ