ފެމިލީ ޕްރޮޓެކްޝަން އޮތޯރިޓީ
ދިވެހިރާއްޖެ
މި އޮތޯރިޓީގެ އެކި މަސައްކަތްތަކަށް ބޭނުންވާ ގްރެފިކްސް ޑިޒައިންކޮށްދޭނެ ފަރާތެއް ހޯދުމަށް

އިޢުލާން

މި އޮތޯރިޓީގެ އެކި މަސައްކަތްތަކަށް ބޭނުންވާ ގްރެފިކްސް ފަރުމާކޮށްދޭނެ ފަރާތެއް ހޯދުމަށް 2024 ޖުލައި 11 ވަނަ ދުވަހު ކުރެވުނު އިޢުލާނު ނަންބަރު (IUL)450-CA/450/2024/25 އާއި ގުޅިގެން މި އޮތޯރިޓީއަށް ހުށަހެޅިފައިވާ ބިޑުތަކުގައި، އެ އިޢުލާނުގެ 3 ވަނަ ސުރުޚީގެ ދަށުން ހުށަހެޅުއްވުމަށް އެދިފައިވާ ލިޔެކިޔުންތައް ފުރިހަމަ ނުވާތީ، އެ ލިޔެކިޔުންތައް ހަމަކުރެއްވުމަށްފަހު ބިޑު ހުށަހެޅުއްވުމުގެ ފުރުޞަތު ދެއްވުމަށާއި، މި މަސައްކަތަކަށް ޝައުގުވެރިވެލައްވާ އެހެން ފަރާތްތަކަށްވެސް ބިޑު ހުށަހެޅުއްވުމުގެ ފުރުޞަތު އިތުރުކޮށްދެއްވުމަށްޓަކައި، މި މަސައްކަތަށް އަލުން އިޢުލާނުކުރަމެވެ.  

ވީމާ، މި މަސައްކަތަށް ޝައުޤުވެރިވެލައްވާ ފަރާތްތަކުން މި އިޢުލާނާއެކު ޝާއިއު ކޮށްފައިވާ ކަރުދާހުގައި ހިމެނޭ މަޢުލޫމާތުގެ މައްޗަށް ބިނާކޮށް ބިޑު ހުށަހެޅުއްވުމަށް ދަޢުވަތު އަރުވަމެވެ.

އިސްވެދެންނެވުނު އިޢުލާނުގެ ދަށުން ބިޑު ހުށަހަޅުއްވާފައިވާ ފަރާތްތަކުން އަލުން މި މަސައްކަތަށް ކުރިމަތި ލެއްވުމަށް ބޭނުންފުޅުނަމަ، މި އިޢުލާނުގެ 3 ވަނަ ސުރުޚީ ގެ ދަށުން ހުށަހެޅުއްވުމަށް އެދިފައިވާ ލިޔެކިޔުންތަކުގެ ތެރެއިން ހުށަހެޅިފައިނުވާ ލިޔެކިޔުންތައް ހަމަކުރެއްވުމަށް ފަހު އެ ލިޔެކިޔުންތަކާއި، އިތުރު ލިޔެކިޔުމެއް ހުށަހަޅުއްވަން ބޭނުންފުޅު ނަމަ އެ ލިޔެކިޔުންތަކާއި އެއްކޮށް ބިޑު ހުށަހެޅުއްވުން އެދެމެވެ.

އިތުރު މަޢުލޫމާތުސާފުކުރުން

  • މި މަސައްކަތާ ގުޅިގެން އެއްވެސް ސުވާލެއް އޮތްނަމަ، 2024 އޮގަސްޓު 15 ވަނަ ދުވަހުގެ 13:00 ގެ ކުރިން މި އޮތޯރިޓީގެ procurement@fpa.gov.mv އަށް އީމެއިލް މެދުވެރިކޮށް ލިޔުއްވުން އެދެމެވެ.

ޕްރޮޕޯސަލް ހުށަހެޅުން

  • މިމަސައްކަތަށް ޝައުގުވެރިވާ ފަރާތްތަކުން ޕްރޮޕޯސަލް ހުށައަޅަންވާނީ ބަންދުކޮށްފައިވާ ސިޓީ އުރައެއްގައި، ތިރީގައިވާ ސުންގަޑިއަށް އޮތޯރިޓީއަށް ވަޑައިގެންނެވެ.
  • ޕްރޮޕޯސަލް ހުށަހަޅަންވީ ތާރީޙާއި ގަޑި: 2024 އޮގަސްޓު 19 ވަނަ ދުވަހުގެ 10:00 އަށް
  • ޕްރޮޕޯސަލް ހުށަހަޅަންޖެހޭ ތަން: ފެމިލީ ޕްރޮޓެކްޝަން އޮތޯރިޓީ (ހ. މައިޒާންދޮށުގެ، 2 ވަނަ ފަންގިފިލާ)
  • އެއްވެސް ފަރާތަކަށް 1 (އެކެއް) ޕްރޮޕޯސަލްއަށްވުރެ ގިނަ ޕްރޮފޯސަލް ހުށަނޭޅޭނެއެވެ.
  • ގަޑިއަށް ހާޒިރު ނުވާ ފަރާތްތައް ބިޑުގައި ބައިވެރި ނުކުރެވޭނެއެވެ.
  • ޕްރޮޕޯސަލް ހުށަހެޅުއްވުމަށް ވަޑައިގަންނަވާ އެންމެހައި ބޭފުޅުންގެ ކުރިމަތީގައި ޕްރޮޕޯސަލްތައް ކަނޑައި، ހުށަހަޅާފައިވާ އަގުތައް ޙިއްޞާކުރެވޭނެއެވެ.
07 އޮގަސްޓް 2024
ހޯދާ