ކޮޅުމަޑުލު ދިޔަމިގިލީ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ތ.ދިޔަމިގިލީ، އަމާނަތު މިސްކިތުގެ ފެންޑާގެ މުށި ބަދަލުކުރުމާއި އަލަށް ރާނާފައިވާ ފެންޑާގެ ފާރުގައި މުށިޖެހުން

ތ.ދިޔަމިގިލީ، އަމާނަތު މިސްކިތުގެ ފެންޑާގެ މުށި ބަދަލުކުރުމާއި އަލަށް ރާނާފައިވާ ފެންޑާގެ ފާރުގައި މުށިޖެހުމުގެ މަސައްކަތް

ކޮށްދޭނެފަރާތެއް ހޯދުމަށް ބޭނުންވެއްޖެއެވެ. 

ވީމާ، މަތީގައިވާ މަސައްކަތް ކޮށްދިނުމަށް ބޭނުންވާ ފަރާތްތަކުން 14 އޮގަސްޓް 2024 ވާ ބުދަ ދުވަހުގެ 10:00 ގެ ކުރިން procurement@dhiyamigili.gov.mv އަށް ކޯޓޭޝަން މެއިލް ކޮށްދެއްވުން އެދެމެވެ. ކޯޓޭޝަންގައި މަސައްކަތް ކޮށްދޭނޭ އަގު، މުއްދަތު ، ކުންފުނީގެ ވެރިފަރާތުގެ ސޮއި ހިމަނާފައި އޮންނަންވާނެއެވެ. މިމަސައްކަތާއި ގުޅޭ މަޢުލޫމާތު ޝީޓް މިއިޢުލާނާއެކު އެޓޭޗް ކުރެވިފައިވާނެއެވެ.

މިމަސައްކަތަށް ކޯޓޭޝަން ހުށަހެޅުމުގެ ފުރުސަތު ހުޅުވާލެވިފައިވަނީ، ވިޔަފާރި ރަޖިސްޓަރީކުރުމުގެ ޤާނޫނު (ޤާނޫނު ނަންބަރު:18/2014) ގެ ދަށުން ވިޔަފާރި ރަޖިސްޓަރީ ކުރެވިފައިވާ ފަރާތްތަކަށާއި، އަމިއްލަ ފަރުދުންގެ ވިޔަފާރީގެ ޤާނޫނު (ޤާނޫނު ނަންބަރު:19/2014) ގެ ދަށުން ވިޔަފާރި ރަޖިސްޓަރީ ކުރެވިފައިވާ ފަރާތްތަކަށެވެ.
އިތުރު މައުލޫމާތު ސާފު ކުރުމަށް 7886649 ނަންބަރާ ގުޅުއްވުން އެދެމެވެ.

07 އޮގަސްޓް 2024
ހޯދާ