ކޮޅުމަޑުލު ކަނޑޫދޫ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ސޯލަރ ބިމުގެ އުތުރަށްހުރި ގެއިން ބިން ކުއްޔަށް ދޫކުރުމާއިގުޅޭ

 

ސޯލަރ ބިމުގެ އުތުރަށްހުރި ގެއިން ބިން ކުއްޔަށް ދޫކުރުމާއިގުޅޭ

 

           ސޯލަރ ބިމުގެ އުތުރަށް ހުރި ގެއިން 07 ބިން ގުދަންކުރުމުގެ މަސައްކަތް ފަދަ މަސައްކަތް ކުރުމައް 20 އަހަރު ދުވަހަށް މަހަކު އަކަފޫޓަކަށް -/80 ލާރިއަށްވުރެ ކުޑަނުވާ އަގަކަށް ކުއްޔަށް ދިނުމަށްވަނީ ހަމަޖެހިފައެވެ.

 

      ވީމާ، މިބިންތައް ކުއްޔައް ހިފުމަށް ޝައުގުވެރި ވެލައްވާ ފަރާތްތަކުން 06 އޮގަސްޓް 2024 ވަނަދުވަހުގެ 8:30 އިން ފެށިގެން 13 އޯގަސްޓް 2024 ވަނަދުވަހުގެ 12:00 އާއި ދެމެދު މިއިދާރާއަށް ދުރުވެ ބިޑު ޑޮކިއުމަންޓް ބައްލަވައިގަތުމަށްފަހު 19 އޯގަސްޓް 2024 ވަނަދުވަހުގެ 11:00 އަށް މިއިދާރާއަށް އަންދާސީ ހިސާބު ހުށަހެޅުއްވުން އެދެމެވެ. ޕްރީބިޑް މީޓިންގ 18 އޯގަސްޓް 2024 ވަނަދުވަހު 11:00 ގައި މިއިދާރާގައި އޮންނާނެއެވެ. ބިޑް ޑޮކިއުމަންޓްގެ އަގަކީ -/50 ރުފިޔާއެވެ. ބިޑް ޑޮކިއުމަންޓް ގަތުމަށް މިއިދާރާގެ ނަންބަރު 7725-700437-001 ރެވެނިއު އެކައުންޓަށް ފައިސާ ޓްރާންސްފަރ ކުރުމަށްފަހު ސްލިޕް މިއިދާރާގެ މެއިލް އެޑްރެސްކަމުގައިވާ info@kandoodhoo.gov.mv އަށް މެއިލް ކުރުމުން ފައިސާ ބަލައިގެން ކަމުގެ ރަސީދުއާއެކު މައުލޫމާތުޝީޓް މެއިލް ކޮށްދެވޭނެއެވެ. އަދި މިއިދާރާގެ ކައުންޓަރަށް ދުރުވެ ފައިސާ ދެއްކުމުންވެސް މައުލޫމާތުޝީޓު މެއިލް ކޮށްދެވޭނެއެވެ. ބިޑް ޑޮކިއުމަންޓް ބައްލަވައިނުގަންނަވާ ފަރާތްތަކަށް އަންދާސީ ހިސާބު ހުށަހެޅުމުގެ ފުރުޞަތު ނުދެވޭނެ ވާހަކަ މިފުރުޞަތުގައި ދަންނަވަމެވެ.

 

 

 

               ވީމާ މިކަން އާންމުކޮށް އެންގުމައްޓަކައި އިޢުލާނު ކުރީމެވެ.                   

 

             02 ސަފަރު 1446

 

06 އޮގަސްޓް 2024
ހޯދާ