މޯލްޑިވްސް ޙައްޖު ކޯޕަރޭޝަން ލިމިޓެޑް
ދިވެހިރާއްޖެ
މޯލްޑިވްސް ޙައްޖު ކޯޕަރޭޝަނުގެ ބޭނުމަށް އައުޓްޑޯރ ލެޑް ސްކްރީނެއް ފޯރުކޮށްދީ ހަރުކޮށްދޭނެ ފަރާތެއް ބޭނުންވެއްޖެ

މޯލްޑިވްސް ހައްޖު ކޯޕަރޭޝަނުގެ ބޭނުމަށް އައުޓްޑޯރ ލެޑް ސްކްރީނެއް ފޯރުކޮށްދީ ހަރުކޮށްދޭނެ ފަރާތެއް ހޯދަން ބޭނުންވެއެވެ. ވީމާ، މިކަމަށް ޝައުޤުވެރިވާ ފަރާތްތަކަށް ބީލަން ހުށަހެޅުމުގެ ފުރުސަތު ހުޅުވާލަމެވެ.

ބީލަމާގުޅޭ މަޢުލޫމާތު ކަރުދާސް:

މިބީލަމާގުޅޭ މަޢުލޫމާތު ކަރުދާސް މިއިޢުލާނާއެކު އެއްކަރުދާސް ކުރެވިފައިވާނެއެވެ.

 

މަޢުލޫމާތު ދިނުމުގެ ބައްދަލުވުން:

 

މިއިޢުލާނާ ގުޅޭ މަޢުލޫމާތު ދިނުމުގެ ބައްދަލުވުން އޮންނާނީ 12 އޮގަސްޓް 2024 ވާ ހޯމަ ދުވަހުގެ އެގާރަ ގަޑި ސުންމިނެޓު (11:00) ގައި މޯލްޑިވްސް ޙައްޖު ކޯޕަރޭޝަން ލިމިޓެޑް (ގ. ސިކަންދަރު، 02 ވަނަ ފަންގިފިލާ، ލޮނުޒިޔާރަތް މަގު) ގެ އޮފީހުގައެވެ.

 

އަންދާސީ ހިސާބު ބަލައިގަތުމާ ހުޅުވުން:

ބީލަން ކަރުދާސް ހުޅުވުން އޮންނާނީ 18 އޮގަސްޓް 2024 ވާ އާދީއްތަ ދުވަހުގެ އެގާރަ ގަޑި ސުންމިނެޓު (11:00) ގައި މޯލްޑިވްސް ޙައްޖު ކޯޕަރޭޝަން ލިމިޓެޑް (ގ. ސިކަންދަރު، 02 ވަނަ ފަންގިފިލާ، ލޮނުޒިޔާރަތް މަގު) ގެ އޮފީހުގައި ބީލަމުގައި ބައިވެރިވެލައްވާ ބޭފުޅުންގެ ޙާޟިރުގައެވެ.

 

މަޢުލޫމާތު ދިނުމުގެ ބައްދަލުވުމާއި އަންދާސީ ހިސާބު ބަލައިގަތުމަށް ކަނޑައަޅާފައިވާ ގަޑި ޖެހުމުގެފަހުން ވަޑައިގަންނަވާ ފަރާތްތަކަށް އެފުރުޞަތު ދެވެން ނޯންނާނެ ވާހަކަ ދަންނަވަމެވެ. އަދި މަޢުލޫމާތު ދިނުމުގެ ބައްދަލުވުމުގައި ބައިވެރިނުވާ ފަރާތްތަކަށް އަންދާސީ ހިސާބު ހުށަހެޅުމުގެ ފުރުޞަތު ދެވެން ނޯންނާނެ ވާހަކަވެސް ދަންނަވަމެވެ.

 

މި އިޢުލާނާއި ގުޅޭގޮތުން އިތުރު މަޢުލޫމާތު ސާފުކުރައްވަން ބޭނުންފުޅުވާނަމަ، 14 އޮގަސްޓް 2024 ވާ ބުދަ ދުވަހުގެ އެގާރަ ގަޑި ސުންމިނެޓު (11:00) ގެ ކުރިން procurement@mhcl.mv  އަށް މެއިލް ކުރެއްވުން އެދެމެވެ.

 

07 އޮގަސްޓް 2024
ހޯދާ