މޯލްޑިވްސް ކަސްޓަމްސް ސަރވިސް
ދިވެހިރާއްޖެ
ސެކިއުރިޓީ ސްޓިކަރ ތައްޔާރުކޮށް ސަޕްލައިކޮށްދޭނެ ފަރާތެއް ހޯދުން (ދެވަނަ ފަހަރަށް އިޢުލާން ކުރެވިފައި)

        މި އޮފީހަށް ބޭނުންވާ ސެކިއުރިޓީ ސްޓިކަރ ތައްޔާރުކޮށް ސަޕްލައިކޮށްދޭނެ ފަރާތެއް ހޯދަން ބޭނުންވެގެން ކުރި ނަންބަރު (IUL)14-PR/1/2024/76 (17 ޖުލައި 2024) އިޢުލާނަށް އެކަށީގެންވާ ތަރުޙީބެއް ލިބިފައިނުވާތީ، ނަންބަރު (IUL)14-PR/1/2024/76 (17 ޖުލައި 2024) އިޢުލާނު ބާޠިލްކޮށް، ސެކިއުރިޓީ ސްޓިކަރ ތައްޔާރުކޮށް ސަޕްލައިކޮށްދޭން ފަރާތެއް ހޯދަން އަލުން ހުޅުވާލަމެވެ.

        ވީމާ، މި އިޢުލާނާއި އެއްކަރުދާސް ކުރެވިފައިވާ މަޢުލޫމާތު ކަރުދާހުގައިވާ ގޮތުގެ މަތިން މިތަކެތި ސަޕްލައިކޮށްދިނުމަށް ޝައުޤުވެރިވެ ވަޑައިގަންނަވާ ފަރާތްތަކުން، 13 އޮގަސްޓް 2024 ވާ އަންގާރަ ދުވަހުގެ 14:00 އަށް ކަސްޓަމްސް ހެޑްއޮފީހަށް ވަޑައިގެން މަޢުލޫމާތު ސާފުކުރެއްވުމަށްފަހު، 21 އޮގަސްޓް 2024 ވާ ބުދަ ދުވަހުގެ 14:00 އަށް ކަސްޓަމްސްގެ ހެޑްއޮފީހަށް ވަޑައިގެން އަންދާސީހިސާބު ހުށަހެޅުއްވުން އެދެމެވެ. އަންދާސީހިސާބު ހުށަހެޅުއްވޭނީ ކަނޑައެޅިފައިވާ މުއްދަތުގައި ބީލަމުގައި ރަޖިސްޓްރީވުމަށް އެދި ހުށަހަޅުއްވާ ފަރާތްތަކަށާއި މަޢުލޫމާތު ސާފުކުރުމުގެ ބައްދަލުވުމަށް ވަޑައިގަންނަވާ ފަރާތްތަކަށް އެކަނި ކަމުގައި ދަންނަވަމެވެ.

        ބީލަމުގައި ރަޖިސްޓްރީވުމަށް (procurement@customs.gov.mv) އަށް 13 އޮގަސްޓް 2024 ވާ އަންގާރަ ދުވަހުގެ 14:00 ގެ ކުރިން މެއިލް ފޮނުއްވުން އެދެމެވެ. އިތުރު މަޢުލޫމާތު ސާފުކުރެއްވުމަށް މިއޮފީހުގެ ނަންބަރު 3334113 / 3334272 ފޯނަށް ގުޅުއްވުން އެދެމެވެ.

08 އޮގަސްޓް 2024
ހޯދާ