ފާދިއްޕޮޅު ހިންނަވަރު ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ޅ. ހިންނަވަރުން އަލަށް ހިއްކި ސަރަޙައްދުގެ ދެކުނުފަރާތުގެ ރިވެޓްމެންޓް އިންފެށިގެން، ކުނިކޮށްޓާއި އިންވެގެން ހުޅަނގަށް އޮތް ސަރަޙައްދުގައި ހުރި ތަކެތި ހުސްކުރުން

އިޢުލާން

ޅ. ހިންނަވަރުން އަލަށް ހިއްކި ސަރަޙައްދުގެ ދެކުނުފަރާތުގެ ރިވެޓްމެންޓް އިންފެށިގެން، ކުނިކޮށްޓާއި އިންވެގެން ހުޅަނގަށް އޮތް ސަރަޙައްދު (ބިމުގެ ނަން: SW) ގައި އެއްވެސް ރައްޔިތެއްގެ މުދަލެއް ވާނަމަ މިއަދު (08 އޯގަސްޓު 2024) ން ފެށިގެން 30 ދުވަސް ތެރޭގައި އެ އެއްޗެއް ނަގާ ބިން ސާފުކުރުމަށް ދަންނަވަމެވެ. މި މުއްދަތު ތެރޭގައި ނުނަގާ ހުންނަ ތަކެތި 2019/R-386 (އާންމު ތަންތަނަށާއި، މަގުމަށްޗަށާއި، ފަޅުތެރެއަށް ދޫކޮށްލާފައިވާ ތަކެތި ނެގުމާބެހޭ ޤަވާއިދު) ގެ ދަށުން ކައުންސިލަށް ނަގާ އެތަކެތި ނައްތާލެވޭނެކަން ޢާންމުކޮށް އަންގާ އިޢުލާން ކުރީމެވެ.

މަތީގައި ދެންނެވިފައިވާ ބިމުގެ ކުރެހުން މި އިޢުލާނުގައި އެޓޭޗްކުރެވިފައިވާ ވާހަކަ ދަންނަވަމެވެ.

08 އޮގަސްޓް 2024
ހޯދާ