މާޅޮސްމަޑުލު ދެކުނުބުރީ ކެންދޫ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ނީލަންކިޔުން:

މި ރަށުގެ އެކި ސަރަހައްދުތަކުގައި ހުރި ލަކުޑި ތަށް ނީލަން ކިޔުން 11 އޮގަސްޓް 2024 ވާ އާދިއްތަ ދުވަހު ހަވީރު 16:30 ގައި އޮންނާނެވާހަކަ ދަންނަވަމެވެ. ނީލަން ފެށުމަށް ހަމަޖެހިފައި ވަނީ މިހާރު ހަދަމުންދާ އައު އިންޖީނުގޭގެ ހުޅަނގުންނެވެ.

ތަކެތި

ސަރަހައްދު

ނީލަން ފެށޭ އަގު

އިތުރުކުރެވޭ އަގު

1 ބޯށިގަސް

ނަޔަމް ގުދަނުގެ ހުޅަނގު އުތުރުގައި

-/5

-/01

1 ލަކުޑި ފުނި (ކާނި...)

އައު އިންޖީނުގެ ހުޅަނގު ސަރަހައްދުގައި

-/500

-/10

1 ލަކުޑިފުނި (ކާނި)

ބޯޅަ ދަނޑުގެ ދެކުނުން އޮތް ހުސް ބިމުގައި (ހިލަތައްކައިރީގައި)

-/50

-/01

1 ގަސް މިދިލި

އެނބުމާވިއު އާއި ދިމާވަލުގެ މަގުކައިރީގައި (އިރުދޮށު ހިނގުން)

-/10

-/01

1 ގަސް ކިނބި

މަގާމް މަގުގެ އިރުމަތިކޮޅުގެ އުތުރުގައި

-/2

-/01

1 ޅޮސްގަސް

ވޮލީ ކޯޓްގެ ދެކުނުން

-/5

-/01

1 ކާނިގަސް

އިންޖީނުގެ ދެކުނު

-/150

-/05

 

ވީމާ، ވީހާވެސް ގިނަ ފަރާތްތަކުން މި ނީލަމުގައި ބައިވެރިލެއްވުމަކީ މި ކައުންސިލްގެ ވަރަށް ބޮޑު އެދުމެކެވެ.

ނީލަމުގައި ތަކެތި ނަންގަވާ ފަރާތްތަކުން 02 ދުވަހުގެ ތެރޭގައި ނީލަން ފައިސާ މި އިދާރާގެ ނަންބަރު 7719700442001 (1357 ރެވެނިއު 1) އެކައުންޓަށް ޓްރާންސްފަރ ކުރެއްވުމަށްފަހު، 5 ދުވަހުގެ ތެރޭގައި ނީލަމުގައި ނެންގެވި ތަކެތި ނަންގަވާ ބިން ސާފު ކުރަންވާނެއެވެ. މި މުއްދަތުގެ ތެރޭގައި ތަކެތި ނަންގަވާ ބިން ސާފު ނުކޮށްފިނަމަ މި ތަކެތި ނައްތާލެވޭނެވާހަކަވެސް ދަންނަވަމެވެ. ފައިސާ ޓްރާންސްފަރ ކުރައްވާއިރު ސްލިޕްގެ ރިމާކްސްގައި ނީލަމުގައި ތަކެތި ނެންގެވި ފަރާތުގެ ނަމާއި އެޑްރެސް ލިޔުއްވުމަށްފަހު ސްލިޕްކޮޅު މި އިދާރާގެ ނަންބަރު 9711825 އަށް ވައިބަރ ކުރެއްވުމަށް ދަންނަވަމެވެ.

                      މިހެންވެ މިކަން ޢާއްމުކޮށް އެންގުމަށްޓަކައި އިޢުލާނުކުރީމެވެ.  

02 ޞަފަރަ 1446 ހ.

08 އޮގަސްޓް 2024
ހޯދާ