މާޅޮސްމަޑުލު އުތުރުބުރީ އުނގޫފާރު ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ކޭކުއަޅަން ދަސްކޮށްދޭ ކޯހެއް ކުރިއަށް ގެންދިއުމާގުޅޭ:

ނަންބަރު: (IUL)303-CA/303/2024/54

އިޢުލާން

ކޭކުއަޅަން ދަސްކޮށްދޭ ކޯހެއް ކުރިއަށް ގެންދިއުމާގުޅޭ:

                އުނގޫފާރު އަންހެނުން ތަރައްޤީއަށް މަސައްކަތްކުރާ ކޮމެޓީން ކޭކު އަޅަން ދަސްކޮށްދޭ ކޯހެއް ކުރިއަށް ގެންދިއުމަށްވަނީ ހަމަޖެހިފައެވެ. މިކޯސް ކުރިއަށް ގެންދާގޮތަށް ހަމަޖެހިފައިވަނީ ބައިވެރިން އަތުން ފީއެއް ނަގައިގެންނެވެ. މިކޯހުގައި އެޑްވާންސް އާއި ބޭސިކް ދެބައި ދަސްކުރަން ބޭނުންވާ ކުދިންނަށް -/2000 ރުފިޔާގެ ފީއެއް ނެގޭނެއެވެ. އަދި ބޭސިކް އެކަނި ދަސްކުރާ ކުދިންނަށް -/1500 ރުފިޔާގެ ފީއެއް ނެގޭނެއެވެ. މި ކޯހަކީ 10 ދުވަހުގެ މުއްދަތަށް ކުރިއަށް ގެންދާ ކޯހެކެވެ. މަދުވެގެން 20 ބައިވެރިންނާއިއެކު ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވާ މިކޯހުކައި ބައިވެރިވުމުގެ ފުރުސަތު ގްރޭޑް 8 މަތީގެ ކުލާސްތިކުގެ ދަރުވަރުންނަށާއި އާއްމުންނަށް ހުޅުވާލަމެވެ. ނަމަވެސް 18 އަހަރު ނުފުރޭނަމަ ބެލެނިވެރިޔާގެ އިޢުތިރާޒް ނުކުރާކަމުގެ ލިޔުން އަދި ސްކޫލް ދަރިވަރެއް ނަމަ ސްކޫލްގެ އިޢުތިރާޒް ނުކުރާކަމުގެ ލިޔުން ހުށަހަޅަންވާނެއެވެ.

ވީމާ، މިކަމަށް ޝައުޤުވެރިވެލައްވާ ފަރާތްތަކުން އިޢުލާނާއެކުވާ ގޫގަލް ފޯމް 2024 އޮގަސްޓް 15 ވާ ބުރާސްފަތި ދުވަހުގެ 14:00 ގެ ކުރިން ފުރިހަމަ ކުރެއްވުން އެދެމެވެ. އިތުރު މައުލޫމާތު ސާފުކުރެއްވުމަށް 9128117 އަށް ގުޅުއްވުން އެދެމެވެ.                 

https://forms.gle/NQGeVAVo3eaz4greA

                                                  

11 އޮގަސްޓް 2024
ހޯދާ