މާލޭ ވޯޓަރ އެންޑް ސްވަރޭޖް ކަމްޕެނީ ޕްރައިވެޓް ލިމިޓެޑް
ދިވެހިރާއްޖެ
އެމް.ޑަބްލިޔު.އެސް.ސީގެ ކ. މާފުށީ އޮފީސް އިމާރާތްތަކާއި އެތަންތަން ހިމެނޭ ސަރަހައްދު ކުނިކަހާ ފޮޅާސާފުކުރުން - ރިޓެންޑަރ

މިކުންފުނީގެ ފަރާތުންދޭ މައުލޫމާތާއި އެއްގޮތްވާގޮތުގެ މަތިން، އެމް.ޑަބްލިޔު.އެސް.ސީގެ ކ. މާފުށީ އޮފީސް އިމާރާތްތަކާއި އެތަންތަން ހިމެނޭ ސަރަހައްދު ކުނިކަހާ ފޮޅާސާފުކުރުމުގެ މަސައްކަތް ކޮށްދޭނެ ފަރާތެއް ހޯދަން ބޭނުންވެގެން ކުރެވުނު އިޢުލާން ނަމްބަރު (MWSC-L/3/ADV/2024/43)އަށް އެކަށީގެންވާ ތަރުހީބެއް ލިބިފައިނުވާތީ އެ އިޢުލާން ބާތިލްކޮށް އަލުން އިޢުލާން ކުރަމެވެ. ވީމާ، މިމަސައްކަތަށް ބީލަން ހުށަހެޅުމުގެ ދައުވަތު މިކަމަށް ޝައުގުވެރިވެލައްވާ އެންމެހާ ފަރާތްތަކަށް ހުޅުވާލަމެވެ.

 

ތަން

ގަޑި

ތާރީހް

ތަފްސީލް

އެމް.ޑަބްލިޔު.އެސް.ސީ ކ. މާފުށީ ކަސްޓަމަރ ސާވިސް ބިލްޑިންގ

ނުވަތަ

އެމް.ޑަބްލިޔު.އެސް.ސީ ކަސްޓަމަރ ސާރވިސް ބިލްޑިން،

6 ވަނަ ފަންގިފިލާ

11:30

14 އޮގަސްޓް 2024

މައުލޫމާތު ސާފުކުރުން

އެމް.ޑަބްލިޔު.އެސް.ސީ ކ. މާފުށީ ކަސްޓަމަރ ސާވިސް ބިލްޑިންގ

ނުވަތަ

އެމް.ޑަބްލިޔު.އެސް.ސީ ކަސްޓަމަރ ސާރވިސް ބިލްޑިން،

6 ވަނަ ފަންގިފިލާ

11:30

18 އޮގަސްޓް 2024

އަގު ހުށައެޅުން

 

ބީލަމުގައި ބައިވެރިވުމަށް ފުރިހަމަ ވާންޖެހޭ ޝަރުތު:

މިނިސްޓްރީ އޮފް އިކޮނޮމިކް ޑިވޮލޮޕްމަންޓް އިން ވިޔަފާރި ކުރުމުގެ ހުއްދަ ލިބިފައިވާ ފަރާތަކަށްވުން.

 

ބީލަމުގައި ބައިވެރިވެވޭނީ ބީލަމުގައި ބައިވެރިވުމަށް ފައިސާ ދައްކަވާ ފަރާތްތަކަށް އެކަންޏެވެ. ބީލަމުގައި ބައިވެރިވުމަށް ޝައުގުވެރިވެލައްވާ ފަރާތްތަކުން އެމް.ޑަބްލިޔު.އެސް.ސީ ގެ ވެބްސައިޓް https://www.mwsc.com.mv/tenders މެދުވެރިކޮށް މި ބީލަމުގެ ފޯރމް ފުރިހަމަ ކުރެއްވުމަށްފަހު ފައިސާ ދެއްކެވޭނެއެވެ. ބީލަން ފޮތް ވިއްކުމަށް ހަމަޖެހިފައިވާ އަގަކީ 200.00ރ އެވެ. ބީލަންފޮތައް ފައިސާ ބަލައިގަތުން އޮންނާނީ 08 އޮގަސްޓް 2024 އިން 12 އޮގަސްޓް 2024 އަށެވެ. މީގެ އިތުރުން މި ޕްރޮޖެކްޓުގެ ބީލަންފޮތް ސޮފްޓްކޮޕީ ފޯރމެޓްގައި، ބިޑަށް ރަޖިސްޓްރީވެފައިވާ ފަރާތްތަކަށް 13 އޮގަސްޓް 2024 ގެ ރަސްމީގަޑީގައި އީމެއިލް ކުރެވޭނެ ވާހަކަ ދެންނެވީމެވެ.     

 

ކޮންޓްރެކްޓިންގ ޑިޕާޓްމަންޓް

11 އޮގަސްޓް 2024
ހޯދާ