މާޅޮސްމަޑުލު ދެކުނުބުރީ މާޅޮހު ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ބ. މާޅޮހު ގަބުރުސްތާން ނޮޅާ ސާފުކުރާނެ ފަރާތެއް ބޭނުންވެއްޖެ

ބ.މާޅޮހު ގަބުރުސްތާން ނޮޅާ ސާފުކުރާނެ ފަރާތެއް ބޭނުންވެއްޖެ

      މި އިއުލާނާއިއެކު ހިމަނާފައިވާ މަޢުލޫމާތާއި އެއްގޮތަށް ބ.މާޅޮހު ގަބުރުސްތާން ނޮޅާ ސާފުކޮށްދޭނެ ފަރާތެއް ބޭނުން ވެއްޖެއެވެ. ވީމާ ތިރީގައިވާ ތާވަލާއި އެއްގޮތްވާ ގޮތުގެ މަތިން އަންދާސީ ހިސާބު ހުށަހެޅުއްވުން އެދެމެވެ.

މަސައްކަތުގެ މަޢުލޫމާތު

  • ހިޔާދޭ ބޮޑެތި ގަސްތައް ފިޔަވައި ގަބުރުސްތާނުގައިވާ ވިނަތައް ނޮޅާ ސާފުކުރުން
  • ގަބުރުސްތާން ވަށައިގެން ބޭރުން 5 (ފަހެއް) ފޫޓު ސާފުކުރުން
  • ނޮޅާ ސާފުކުރާ ތަކެތި މިކައުންސިލުން ދައްކާތަނަކަށް އެޅުން

ނަންނޯޓު ކުރުން / ރަޖިސްޓްރޭޝަން

  • މިމަސައްކަތްކުރުމަށް ޝައުޤުވެރިވެލައްވާ ފަރާތްތަކުން، 2024 އޮގަސްޓް 15 ވާ ބުރާސްފަތިދުވަހުގެ 13:00ގެ ކުރިން ރަޖިސްޓްރީކުރެއްވުން އެދެމެވެ. ބިޑް ރަޖިސްޓްރީކުރައްވާނީ ކައުންސިލް އިދާރާއަށް ދުރުވެ، ރަޖިސްޓްރޭޝަން ޝީޓް ފުރިހަމަކޮށް ނުވަތަ މިކައުންސިލްގެ އީމެއިލް އެޑްރެސް (procurement@baamaalhos.gov.mv) އަށް ބިޑް ރަޖިސްޓްރޭޝަން ޝީޓް ފުރިހަމަކުރެއްވުމަށްފަހު އީމެއިލް ކުރައްވައިގެންނެވެ.

މައުލޫމާތު ދިނުން

  • މި މަސައްކަތާއި ގުޅޭގޮތުން އިތުރު މައުލޫމާތު ބޭނުންވެލައްވާ ފަރާތްތަކުން 2024 އޮގަސްޓް 15 ވާ ބުރާސްފަތިދުވަހުގެ 10:00 ށް ކައުންސިލް އިދާރާއަށް ދުރުވެ މައުލޫމާތު ސާފުކުރެއްވުން އެދެމެވެ.
  • މައުލޫމާތު ސާފުނުކުރުއްވާ ބޭފުޅުންގެ އަންދާސީ ހިސާބުވެސް ބަލައިގަނެވޭނެ ވާހަކަ ދަންނަވެމެ.

އަގު ހުށަހެޅުން

  • އަންދާސީ ހިސާބު ހުށަހެޅުން އޮންނާނީ 2024 އޮގަސްޓް 21 ވާ ބުދަދުވަހު 11:00ގައިބ.މާޅޮހު ކައުންސިލްގެ އިދާރާގެ ޖަލްސާކުރާ މާލަމުގައެވެ
  • އަންދާސީ ހިސާބު ހުށަހަޅުއްވަންވާނީ ބަންދުކުރެވިފައިވާ ސިޓީއުރައެއްގައެވެ. އޮންލައިންކޮށް އަންދާސީ ހިސާބު ހުށަހަޅުއްވާ ފަރާތްތަކުން އަންދާސީ ހިސާބު ހުށަހަޅަންޖެހޭ ވަގުތުގެ 10 މިނެޓް ކުރިން މި އިދާރާގެ ޕްރޮކިއުމަންޓް މެއިލް އަށް؛ procurement@baamaalhos.gov.mv)) މެއިލް ކުރައްވައިގެންނެވެ.
  • ބީލަމުގައި  ބައިވެރިވުމަށް ރަޖިސްޓްރީ ނުކުރާ ފަރާތްތަކާއި، ގަޑިޖެހުމަށްފަހު ހުށަހަޅާ ބީލަންތައް ބަލައިނުގަނެވޭނެ ކަމުގައި ދަންނަވަމެވެ.
  • ބީލަން ހުށަހެޅުމަށް ބަދަލުގައި އެހެން ފަރާތެއް ވަޑައިގަންނަވާނަމަ އެކަން ބަޔާންކޮށް ސިޓީއެއް ހުށަހަޅަންވާނެއެވެ. ނުވަތަ ފޮނުވާ ފަރާތުގެ މަޢުލޫމާތު (ފުރިހަމަ ނަމާއި، އައިޑީކާޑު ނަންބަރު އަދި ގުޅޭނެ ނަންބަރު) ބައްދަލުވުން ފެށުމުގެ 15 މިނެޓު ކުރިން procurement@baamaalhos.gov.mv އަށް މެއިލް ކޮށްދެއްވުން އެދެމެވެ.

މަސައްކަތް ހަވާލުކުރުމުގައި ޕްއިންޓް ދޭނެ އުސޫލު

  • މަސައްކަތައް ހުށަހަޅާ އަގު   % 90
  • މަސައްކަތައް ހުށަހަޅާ މުއްދަތު % 10

އިތުރު މައުލޫމާތު

މިކަމާއި ގުޅޭގޮތުން އިތުރު މައުލޫމާތު ހޯދެއްވުމަށް މި އިދާރާގެ ނަންބަރު 4006020 ށް ގުޅުއްވުމަށް ދަންނަވަމެވެ.

12 އޮގަސްޓް 2024
ހޯދާ