މ. އަތޮޅު މަދަރުސާ، މ. ކޮޅުފުށި
ދިވެހިރާއްޖެ
ސައިންސް ލެބް ހަދައިދޭނެ ފަރާތެއް ހޯދުން

މ.އަތޮޅު މަދަރުސާ

 

 

     މ.ކޮޅުފުށި،

 އިޢުލާން ނަންބަރު:

GS25/IUL/2024/14

     ދިވެހިރާއްޖެ.                    

    ޕްރޮކިއުމަންޓް ނަންބަރު:                       

02/2024

 

ބީލަން ހުށަހެޅުމުގެ ދަޢުވަތު

 

ސައިންސް ލެބް ހަދައިދޭނެ ފަރާތެއް ހޯދުން

  1. މި މަދަރުސާގެ ސައިންސް ލެބް ހަދައިދޭނެ ފަރާތެއް ހޯދަން ބޭނުންވެއެވެ. ވީމާ ސައިންސް ލެބް ހެދުމަށް ބީލަން ހުށަހެޅުމުގެ ފުރުޞަތު މިކަމަށް ޝަރުޠުހަމަވާ ހުރިހާ ފަރާތްތަކަށް ހުޅުވާލަމެވެ.
  2. މިމަސައްކަތަށް ކުރިމަތިލާ ފާރަތްތަކުގައި ހުންނަންޖެހޭ ޝަރުތުތައް ބީލަންފޮތުގައި ބަޔާންކުރެވިފައިވާނެއެވެ.
  3. މި ޕްރޮކިއުމަންޓްގައި ރަޖިސްޓްރީ ކުރުމަށް 2024 އޮގަސްޓް 19 ވަނަ ދުވަހުގެ 12:00 ގެ ނިޔަލަށް ތިރީގައިވާ ލިންކު މެދުވެރިކޮށް "ބިޑް ރަޖިސްޓްރީ ފޯމް" ފުރިހަމަކޮށް ރަޖިސްޓްރީ ކުރެއްވުމަށް ދެންނެވީމެވެ. ބީލަން ހުށަހެޅޭނީ މިމުއްދަތުގައި ރަޖިސްޓްރީ ކުރާ ފަރާތްތަކަށެވެ.

"ބިޑް ރަޖިސްޓްރީ ފޯމް" ގެ ލިންކު: https://forms.gle/vgbsuLouiHpPBBTA9

  1. މިޕްރޮކިއުމަންޓާ ބެހޭގޮތުން އެއްވެސް ސުވާލެއްވާނަމަ 2024 އޮގަސްޓް 19 ވަނަ ދުވަހުގެ 12:00 ކުރިން މި އިޢުލާންގެ 7 ވަނަ ނަންބަރުގައިވާ އެޑްރެހަށް އީމެއިލް މެދުވެރިކޮށް ފޮނުއްވުންއެދެމެވެ.
  2. ބީލަން ހުށަހެޅުމާއި ބީލަން ހުޅުވުން އޮންނާނީ 2024 އޮގަސްޓް 22 ވަނަ ދުވަހުގެ 12:00 ގައިމ.އަތޮޅު މަދަރުސާގައެވެ.
  3. މިޕްރޮކިއުމަންޓާގުޅޭ ބީލަން ފޮތް މިއިޢުލާނާއެކު އާންމު ކުރެވިފައިވާނެއެވެ.
  4. މިޕްރޮކިއުމަންޓާގުޅޭ އިތުރު މަޢުލޫމާތު ތިރީގައިވާ އެޑްރެހުން ލިބިވަޑައިގަންނަވާނެއެވެ.

މ.އަތޮޅު މަދަރުސާ

މ.ކޮޅުފުށި، ދިވެހިރާއްޖެ.                                                     

ފޯން:  7952902

އީ-މެއިލް: admin@matollschool.edu.mv

ކޮޕީ-މެއިލް:-

08 ޞަފަރު  1446  

12 އޮގަސްޓް 2024

12 އޮގަސްޓް 2024
ހޯދާ