ފެލިދެއަތޮޅު ރަކީދޫ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
އާއިލީވެހި އެވެ، ކިޔުނު ޢިމާރާތުން ބައެއް ކުއްޔަށް ދޫކުރުން

 

ރަކީދޫ އާޢިލީވެހިއެވެ ކިޔުނު ޢިމާރާތުން ބައެއް ކުއްޔަށް ދޫކުރުން.

 

      ރަކީދޫ "އާޢިލީވެހި" އެވެ ކިޔުނު ޢިމާރާތުގެ ބޭރުފެންޑާ،ދިވެހިރާއްޖޭގެ ޤާނޫނާއި ޤަވާއިދާ އެއްގޮތްވާގޮތުގެމަތިން އިސްލާމް ދީނާ ޚިލާފުނުވާނޭގޮތަށް ހޮޓާ،ކެފޭ،ރެސްޓޯރަންޓް ހިންގުމަށް ކުއްޔަށް ދިނުމަށް ބޭނުންވެއެވެ.

 

       ވީމާ، މިތަން ކުއްޔަށްހިފަން ޝައުޤުވެރިވެލައްވާ ފަރާތްތަކުން ޢިމާރާތުގައި ކުރަން ބޭނުންވާ މަސައްކަތަކާއިއެކު ތިރީގައި މިދަންނަވާ މަޢުލޫމާތު ފުރިހަމަ ކުރެއްވުމަށްފަހު މި އިދާރާއަށް ހުށަހެޅުމަށް ދަންނަވަމެވެ.

 

  1. ފުރިހަމަ ނަން:
  2. އަތޮޅާއިރަށް:
  3. ދާއިމީ އެޑްރެސް:
  4. އައި.ޑީ ކާޑް ނަންބަރު:
  5. ގުޅޭނެ ފޯނުނަންބަރު:
  6. ކުރަން ގަސްދުކުރާ މަސައްކަތް:

 

      މިކަމާއިގުޅޭ އިތުރު މަޢުލޫމާތު ދެއްވުމަށް ބާއްވާ ބައްދަލުވުން އޮންނާނީ 20 އޯގަސްޓް 2024 ވާ އަންގާރަ ދުވަހު މެންދުރުފަހު 13:00 ގައި މި އިދާރާގައެވެ. މިކަމަށް އެދި ހުށަހަޅާ ހުށަހެޅުންތައް ކެނޑުން އޮންނާނީ 22 އޯގަސްޓް 2024 ވާ ބުރާސްފަތި ދުވަހު 13:00 ގައި މިކަމަށް ކުރިމަތިލެއްވި ފަރާތްތަކުގެ ހާޒިރުގައި މިއިދާރާގައެވެ.

 

       އަދި ދަންނަވަމެވެ. ކުންފުނި، ލޯކަލްއިންވެސްޓްމަންޓް، ކުލަބު ޖަމުއިއްޔާ ނުވަތަ ކޯޕަރޭޓިވް ސޮސައިޓީފަދަ ރަޖިސްޓްރީ ކޮށްގެން ހިންގާ ފަރާތްތަކާއި، އަމިއްލަ ވަކިވަކި ފަރުދުންނަށްވެސް އަންދާސީ ހިސާބު ހުށަހެޅޭނެ ވާހަކަ ދެންނެވީމެވެ. މައުލޫމާތު ދިނުމުގެ ބައްދަލުވުމަށް ހާޒިރުވެ ނުލައްވާ ފަރާތްތަކަށް މިކަމަށް އެދި އަންދާސީ ހިސާބު ހުށަހެޅުމުގެ ފުރުޞަތު ނުލިބޭނެ ވާހަކަވެސް ދެންނެވީމެވެ. މަޢުލޫމާތު ސާފުކުރުމަށް ބަދަލުގައި ވަޑައިގަންނަވާނަމަ، ބަދަލުގައިކަން އަންގާ ލިޔުން ހުށަހަޅަންވާނެއެވެ.

 

       ވީމާ، މިކަމަށް އެދި ކުރިމަތިލައްވާ ފަރާތްތަކުން 22 އޯގަސްޓް 2024 ވާ ބުރާސްފަތި ދުވަހު މެންދުރުފަހު 13:30 އަށް ލިޔުމަކުން އެކަން މި އިދާރާއަށް ހުށަހެޅުމަށް ދެންނެވީމެވެ.

 

12 އޮގަސްޓް 2024
ހޯދާ