މޯލްޑިވްސް އިންލަންޑް ރެވެނިއު އޮތޯރިޓީ
ދިވެހިރާއްޖެ
އަންދާސީހިސާބު ބޭނުންވެއްޖެ - އައި.ޓީއާ ގުޅޭ ތަކެއްޗާއި ހިދުމަތް

މި އޮތޯރިޓީއަށް ތިރީގައި މި ދަންނަވާ ތަކެތި/ޙިދުމަތް ފޯރުކޮށްދޭނެ ފަރާތެއް ހޯދަން ބޭނުންވެއެވެ.

  •  Veam Backup Subscription Renewal
  • Cloudflare Buisiness Renewal
  • Cisco Nexus Switch Maintenance Support

ވީމާ، މި ތަކެތި/ޙިދުމަތް ފޯރުކޮށްދިނުމަށް ޝައުޤުވެރިވާ ފަރާތްތަކުން ތިރީގައިވާ ތާވަލާ އެއްގޮތަށް ބީލަމުގައި ރަޖިސްޓްރީ ކުރެއްވުމަށްފަހު އަންދާސީހިސާބު ހުށަހެޅުއްވުން އެދެމެވެ. 

 

ތާރީޚް

ދުވަސް

ވަގުތު

ބީލަމުގައި ބައިވެރިވުމަށް ރަޖިސްޓްރީ ކުރުމުގެ ސުންގަޑި

19 އޮގަސްޓު 2024

ހޯމަ

12:00

އަންދާސީހިސާބު ހުށަހެޅުން އަދި ހުޅުވުން

26 އޮގަސްޓު 2024

ހޯމަ

11:00

1. ބީލަމުގައި ރަޖިސްޓްރީ ވުމަށް އެދޭ ފަރާތްތަކުން ތިރީގައިވާ ލިންކު މެދުވެރިކޮށް ރަޖިސްޓްރީކުރެއްވުން އެދެމެވެ.

ލިންކް: https://forms.office.com/r/BTyR0jQqH1

2. މަތީގައި ބަޔާންކޮށްފައިވާ ބީލަން ރެޖިސްޓްރޭޝަން މަޢުލޫމާތު މި އޮތޯރިޓީއަށް ލިބުނުކަން ކަށަވަރުކުރުމަކީ ބީލަންވެރީންގެ ޒިންމާއެކެވެ.

3. ބީލަމުގައި ރަޖިސްޓަރީ ކޮށްފައިވާ ފަރާތްތަކަށް މައުލޫމާތު ކަރުދާސް ރަޖިސްޓަރީ ކޮށްފައިވާ އީމެއިލަ ފޮނުވޭނެވެ.

4. ބީލަން ތައްޔާރުކުރަންވާނީ މަޢުލޫމާތު ކަރުދާހާ އެއްގޮތަށެވެ.

5. މި ބީލަމާ ގުޅޭގޮތުން އިތުރު ސުވާލެއްވާނަމަ، އީ-މެއިލް ކުރާނީ 22 އޮގަސްޓު 2024 ވާ ހޯމަ ދުވަހު 12:00ގެ ކުރިން، ތިރީގައިވާ އީ-މެއިލް އެޑްރެހަށެވެ. އީމެއިލް ކުރާއިރު ސަބްޖެކްޓްގައި އިއުލާނު ނަންބަރާއި ބީލަމުގެ ނަން ލިޔަންވާނެއެވެ.

6. ބީލަމުގައި ބައިވެރިވުމަށް ރަޖިސްޓްރީ ނުކުރާ ފަރާތްތަކުގެ އަންދާސީހިސާބާއި، ސުންގަޑީގެ ފަހުން ހުށަހަޅާ އަންދާސީހިސާބުތައް އަދި މަޢުލޫމާތު ކަރުދާހުގައި ބަޔާންކޮށްފައިވާ ކަންތައްތައް ފުރިހަމަނުވާ އަންދާސީހިސާބުތައް ބަލައިނުގަނެވޭނެއެވެ.

 

އިތުރު މަޢުލޫމާތު ސާފުކުރެއްވުމަށް procurement@mira.gov.mv  އަށް އީމެއިލް ކުރެއްވުން އެދެމެވެ. އަދި ފޯނު މެދުވެރިކޮށް 3020478, 3339467 އަށް ގުޅުއްވުން އެދެމެވެ.

12 އޮގަސްޓް 2024
ހޯދާ