މާލެއަތޮޅު ގުޅީ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ކ.ގުޅީ ކުނިކޮށީގައިހުރި ކުނިތައް ބޭރުކޮށް އެސަރަޙައްދު ސާފުކޮށްދޭނެ ފަރާތެއް ހޯދަން ބޭނުންވެއްޖެ.

     ކ.ގުޅީ ކުނި ކޮށީގައި ޖަމާވެފައިވާ އެކި ޒާތުގެ ކުނިތައް ނަގާ ތިލަފުއްޓަށް އުކާލަދޭނެ ފަރާތެއް ހޯދުމަށް ބޭނުންވެއެވެ. މިއީ، ކ.ގުޅީ ކުނި ކޮށީގައި މިހާރު ޖަމާކޮށްފައިހުރި ކުނި ބުނި ތިލަފުއްޓަށްގެންގޮސް ކުނިގޮޑު ހުސްކުރުމަށްޓާކައި ކޮންޓްރެކްޓް އުޞޫލުން ކުރުވުމަށް ހުޅުވައިލެވުނު ބީލަމެވެ. މިޕްރޮޖެކްޓަށް ބީލަން ހުށަހެޅޭނީ މިނިސްޓްރީ އޮފް އިކޮނޮމިކް ޑިވެލޮޕްމަންޓްގެ ކުދި އަދި މެދު ފަންތީގެ ވިޔަފާރީގެ ގިންތިއަކުން ގިންތިއެއްގައި ރަޖިސްޓްރީ ކުރެވިފައިވާ ދިވެހި ވިޔަފާރިތަކަށެވެ.

     މި ޕްރޮޖެކްޓްގައި ރަޖިސްޓްރީ ކުރުމަށް 13 އޮގަސްޓް 2024 ން 18 އޮގަސްޓް 2024 ގެ ނިޔަލަށް ކައުންސިލަށް ވަޑައިގެން ރަޖިސްޓްރީ ކުރެއްވުން އެދެމެވެ. ރަޖިސްޓްރީ ވުމަށް ކުންފުނީގެ ރެޖިސްޓްރޭޝަން ކޮޕީ އަދި ވަޑައިގަންނަވާ ބޭފުޅެއްގެ އައިޑީ ކާޑު ކޮޕީ ހުށަހަޅަންވާނެއެވެ. ބީލަން ހުށަހެޅޭނީ މިމުއްދަތުގައި ރަޖިސްޓްރީ ކުރާ ފަރާތްތަކަށެވެ.

     މިޕްރޮޖެކްޓާއި ބެހޭގޮތުން އެއްވެސް ސުވާލެއްވާނަމަ 19 އޮގަސްޓް 2024 ވަނަ ދުވަހުގެ 12:30ގެ ކުރިން މި އިޢުލާންގައިވާ މެއިލް އެޑްރެހަށް މެއިލް ފޮނުއްވުންއެދެމެވެ. ބީލަން ހުށަހެޅުމާއި ބީލަން ހުޅުވުން އޮންނާނީ 21 އޮގަސްޓް 2024 ވަނަ ދުވަހުގެ  09:30 ގައި  މާލެ އަތޮޅު ގުޅީ ކައުންސިލް އިދާރާގެ މީޓިންގ ރޫމްގައެވެ. މިޕްރޮޖެކްޓާގުޅޭ ބީލަން ފޮތް މިއިޢުލާނާއެކު އެޓޭޗް ކުރެވިފައިވާނެއެވެ.

  އީމެއިލް: procurement@gulhi.gov.mv

     އަދި މަޢުލޫމާތު ފުރިހަމަނުވާ އަންދާސީ ހިސާބު ބާޠިލުވާނެ ވާހަކަ މަޢުލޫމާތައްޓަކައި ދަންވަމެވެ.

13 އޮގަސްޓް 2024
ހޯދާ