ހުވަދުއަތޮޅު ދެކުނުބުރީ ހޯނޑެއްދޫ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ޑިންގީ ޖެޓީގެ ފައްތިޔާ އެޅުމުގެ މަސައްކަތް:

މި އިޢުލާން އާއި އެކު އާންމުކޮށްފައިވާ މަޢުލޫމާތާއި އެއްގޮތަށް މިކައުންސިލުން ފޯރުކޮށްދޭ ދަނގަނޑު ޗެއިން އެއް އަޅައިގެން ޑިންގީ ޖެޓީގައި ފައްތިޔާ އެޅުމުގެ މަސައްކަތް ކޮށްދޭނޭ ފަރާތެއް ބޭނުންވެއްޖެއެވެ. މިކަމަށް ޝަޢުޤުވެރިވާ ފަރާތްތަކުން ތިރީގައި ދަންނަވާފައިވާ ގަޑިޔަށް އަންދާސީ ހިސާބު ހުށަހެޅުއްވުން އެދެމެވެ.

އަންދާސީ ހިސާބު ހުށަހެޅުން

20 އޯގަސްޓް 2024 ގަޑި: 13:15 ތަން: ކައުންސިލްގެ އިދާރާގެ މީޓިންގ ރޫމް

މިހެންވެ މިކަން އާންމުކޮށް އެންގުމަށްޓަކައި އިޢުލާން ކުރީމެވެ.

15 އޮގަސްޓް 2024
ހޯދާ