އެންވަޔަރަންމަންޓަލް ޕްރޮޓެކްޝަން އޭޖެންސީ
ދިވެހިރާއްޖެ
އީ.ޕީ.އޭގެ ކަނޑު އުޅަނދުތަކުގައި މަސައްކަތްތައްކޮށް ބެލެހެއްޓުމަށް ކޮންޓްރެކްޓް އުސޫލުން މަސައްކަތް ކުރާނެ ފަރާތެއް ހޯދުން - ދެވަނަ ޓެންޑާރ

 

އީ.ޕީ.އޭގެ ކަނޑު އުޅަނދުތަކުގައި މަސައްކަތްތަށްކޮށް ބެލެހެއްޓުމަށް ކޮންޓްރެކްޓް އުސޫލުން މަސައްކަތް ކޮށްދޭނެ ފަރާތެއް ހޯދުމަށް ކުރި ނަންބަރު: (IUL)123-A/123/2024/31 ގެ އިޢުލާނާ ގުޅިގެން އެކަށީގެންވާ ވަރަށް ތަރުޙީބު ލިބިފައި ނުވާތީ ދެވަނަ ފަހަރަށް އިޢުލާން ކުރަމެވެ.
މި އިޢުލާނުގެ މަޢުލޫމާތު ޝީޓްގައި ހިމެނޭ މަސައްކަތްތައް ކޮށްދޭނެ ފަރާތެއް ހޯދުމަށް ބޭނުންވެއެވެ. ވީމާ، މިމަސައްކަތައް ބީލަން ހުށަހެޅުމުގެ ދައުވަތު މިކަމަށް ޝަރުތުހަމަވާ ހުރިހާ ފަރާތްތަކަށް ހުޅުވާލެމެވެ.
މި އިޢުލާނާއި ގުޅޭގޮތުން އިތުރު މަޢުލޫމާތު ސާފުކުރައްވަން ބޭނުންފުޅުވެވަޑައިގަންނަވާނަމަ 20 އޮގަސްޓް 2024 ވާ އަންގާރަ ދުވަހުގެ 11:00 ގެކުރިން މި އެޖެންސީއަށް ގުޅުއްވައި ނުވަތަ procurement@epa.gov.mv އަށް އީމެއިލްކޮށްދެއްވުން އެދެމެވެ.
ބިޑް ހުޅުވުމަށް ހަމަޖެހިފައިވަނީ 27 އޮގަސްޓް 2024 ވާ އަންގާރަ ދުވަހުގެ 10:00 ގައި އެންވަޔަރަމަންޓަލް ޕްރޮޓެކްޝަން އޭޖެންސީގައި އަންދާޒީ ހިސާބު ހުށަހަޅުއްވާ ފަރާތްތަކުގެ ހާޒިރުގައެވެ. ބީލަންތައް ހުންނަންވާނީ ސިޓީ އުރައިގައި ބަންދުކުރެވިފައެވެ. ބީލަމުގެ މުއްދަތުގެ ގޮތުގައި ބީލަންހުށަހަޅާ ތާރީޚުން ފެށިގެން 90 ދުވަސް އޮންނަންވާނެއެވެ.


15 އޮގަސްޓް 2024
ހޯދާ