ޝަރަފުއްދީން ސްކޫލް
ދިވެހިރާއްޖެ
2024 ވަނަ އަހަރުގެ އަހަރީ އިނާމް ދިނުމުގެ ޖަލްސާގައި ދަރިވަރުންނަށް ދިނުމަށް ބޭނުންވާ ޝީލްޑް އާއި ޓްރޮފީ ތައްޔާރުކޮށްދޭނެ ފަރާތެއް ހޯދުން

ނަންބަރ: GS43-B/2024/102

ބީލަން ހުށަހެޅުމުގެ ދައުވަތު

މިސްކޫލުގެ އަހަރީ އިނާމުދިނުމުގެ ޖަލްސާއަށް ބޭނުންވާ ޝީލްޑާއި ޓްރޮފީ ހައްދަވައިދެއްވިދާނެ ފަރާތެއް ހޯދުމަށް ކުރެވުނު ނަމްބަރ GS43-A/2024/97 (05.08.2024) އިޢުލާނަށް އެއްވެސް ފަރާތަކުން ބީލަން ހުށަހަޅުއްވާފައި ނުވާތީ ދެ ވަނަފަހަރަށް މި ބީލަމަށް ޝަރުޠު ހަމަވާ ފަރާތްތަކަށް ހުޅުވާލަމެވެމިޕްރޮޖެކްޓްގައި ބައިވެރިވާން އެދޭ ފަރާތްތަކުން، 18 އޯގަސްޓް 2024 ން 21 އޯގަސްޓް 2024 ވާ ބުދަ ދުވަހު 11:00 ގެ ކުރީން ތިރީގައިވާ އީމެއިލް އެޑްރެހަށް މެއިލް ކުރެއްވުމުން ރަޖިސްޓްރީ ކުރެވޭނެއެވެ. އަދި ސްކޫލަށް  ވަޑައިގެންވެސް ރަޖިސްޓަރީ ކުރެވޭނެއެވެ.

މިޕްރޮޖެކްޓާއި ބެހޭގޮތުން އެއްވެސް ސުވާލެއްވާނަމަ 22 އޯގަސްޓް 2024 ވާ ބުރާސްފަތި ދުވަހުގެ 14:00ގެ ކުރިން ތިރީގައިވާ އެޑްރެހަށް ލިޔުމުން ފޮނުއްވުންއެދެމެވެ.

ރަޖިސްޓްރީ ކުރުމަށް ތިރީގައި މިވާ މަޢުލޫމާތުތައް ހިމަނަންވާނެއެވެ.

1- މަޢުލޫމާތު ސާފުކުރާ ފަރާތުގެ ނަން.

2- ރަޖިސްޓްރީ ނަންބަރު.

3- އީމެއިލް އެޑްރެސް.

4- ގުޅޭނެ މޯބައިލް ނަންބަރު.

ބީލަން ހުށަހެޅޭނީ މިމުއްދަތުގައި ރަޖިސްޓްރީ ކުރާ ފަރާތްތަކަށެވެ.

ބިޑް ހުށަހެޅުމާއި ބިޑް ހުޅުވުން އޮންނާނީ 27 އޯގަސްޓް 2024 ވާ އަންގާރަ ދުވަހުގެ ހެނދުނު 11:00ގައި މިސްކޫލްގެ ޖަލްސާކުރާ މާލަމުގައެވެ.

އިތުރު މަޢުލޫމާތު ތިރީގައިވާ އެޑްރެހުން ލިބިވަޑައިގަންނަވާނެއެވެ.

ޝަރަފުއްދީން ސްކޫލް

ހިތަދޫ، އައްޑޫ

ފޯން: 7030-688

އީ-މެއިލް:  procurement@sharafuddin.edu.mv 

15 އޮގަސްޓް 2024
ހޯދާ