މާޅޮސްމަޑުލު ދެކުނުބުރީ ގޮއިދޫ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ބ.ގޮއިދޫ ކައުންސިލް ފުޓްސަލް ފިއެސްޓަރ 2024 ގެ އަންހެން ޑިވިޝަންގައި ބައިވެރިވުމުގެ މުއްދަތު އިތުރުކުރުން

               ބ.ގޮއިދޫ ކައުންސިލުން އިންތިޒާމްކޮށްގެން 26 ސެޕްޓެމްބަރ 2024 ވާ ބުރާސްފަތި ދުވަހު ފެށުމަށް ހަމަޖެހިފައިވާ " ބ.ގޮއިދޫ ކައުންސިލް ފުޓްސަލް ފިއެސްޓަރ 2024 " ގައި ބައިވެރިވުމުގެ މުއްދަތު 05 އޮގަސްޓް 2024 ވީ ހޯމަ ދުވަހު 13:00 ގައި ހަމަވެފައިވާއިރު، މި މުބާރާތުގައި ބައިވެރިވެފައިވާ އަންހެން ޓީމްތައް މަދުވުމުގެ ސަބަބުން އަންހެން ޑިވިޝަންގައިޓީމް ބައިވެރިކުރުމުގެ މުއްދަތު 19 އޮގަސްޓް 2024 ވާ ހޯމަ ދުވަހުގެ 13:00 އަށް ވަނީ އިތުރު ކުރެވިފައެވެ.                                                                        

              ވީމާ  ބައިވެރިވާން އެދޭ ޓީމްތަކުން މުބާރާތުގައި ބައިވެރިވުމަށް އެދޭ ފޯރމް 19 އޮގަސްޓް 2024 ވާ ހޯމަ ދުވަހުގެ 13:00 ގެ ކުރިން މި އިދާރާއަށް ހުށަހެޅުއްވުން އެދެމެވެ. މި މުބާރާތުގައި ބައިވެރިވުމަށް އެދޭ ފޯރމް އަދި ގަވާއިދު މިކައުންސިލްއިން ލިބެންހުންނާނެއެވެ.                     

  އިތުރުމަޢުލޫމާތު ސާފްކުރެއްވުމަށް ގުޅުއްވާނީ :

          ފޯންނަމްބަރ :      6600005

          އީ . މެއިލް :      info@baagoidhoo.gov.mv

މިހެންވެ މިކަން ޢާންމުކޮށް އަންގާ އިޢުލާން ކުރީމެވެ.

15 އޮގަސްޓް 2024
ހޯދާ