މާޅޮސްމަޑުލު ދެކުނުބުރީ ހިތާދޫ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ދަނޑުބިން ދޫކުރުމާ ބެހޭ

މިރަށު އެކިސަރަހައްދުތަކުގައިވާ 10 އަދި 12 ނަންބަރު ބިމާއިއެކު ޖުމްލަ 02 ބިން، ދަނޑުވެރިކަމަށް ދޫކުރުމަށް ވަނީ ހަމަޖެހިފައެވެ. އެހެންކަމުން ދަނޑުވެރިކަމަށް ބިން ބޭނުންވާ ފަރާތްތަކުން، ބޭނުންވާ ބިން އިސްކަންދޭ ތަރުތީބުން އެނގޭގޮތަށް ސިޓީއަކުން މިއިދާރާއަށް ހުށަހެޅުއްވުން އެދެމެވެ.

 

ބިން ދޫކުރުމަށް ހަމަޖެހިފައިވަނީ ގުރުއަތު ލައިގެން ކޮންމެ ފަރާތަކަށް 01 ބިމެވެ. ދަނޑުބިންތަކާ ބެހޭގޮތުން އެއްވެސް މަޢުލޫމާތެއް ސާފުކޮށް، ބިން ބަލަން ބޭނުންވާނަމަ 19 އޮގަސްޓް 2024 ވާ ހޯމަ ދުވަހުގެ 09:00 އަށް މިއިދާރާއަށް ދުރުވެ ދެއްވުން އެދެމެވެ.

 

ދަނޑުބިން ބޭނުންވާ ފަރާތްތަކުން، 21 އޮގަސްޓް 2024 ވާ ބުދަ ދުވަހުގެ އޮފީސް ބަންދުވުމުގެ ކުރިން އެކަމަށް އެދި މިއިދާރާއަށް ސިޓީ ހުށައެޅުއްވުން އެދެމެވެ.

ވީމާ، މިކަން ޢާއްމުކޮށް އެންގުމަށްޓަކައި އިޢުލާން ކުރަމެވެ.

15 އޮގަސްޓް 2024
ހޯދާ