ހަންޏާމީދޫ ސްކޫލް، އދ. ހަންޏާމީދޫ
ދިވެހިރާއްޖެ
މި ސްކޫލްގެ ދަރިވަރުން ބޭނުންކުރަމުންދާ ފާޚާނާތައް މަރާމާތުކޮށްދޭނެ ފަރާތެއް ބޭނުންވެއްޖެ:

މި އިޢުލާންވަނީ 18 އޮގަސްޓް 2024 10:42 ގައި ބާތިލް ކުރެވިފައެވެ.


މި ސްކޫލްގެ ދަރިވަރުން ބޭނުންކުރަމުންދާ ފާޚާނާތައް މަރާމާތުކޮށްދޭނެ ފަރާތެއް ހޯދުމަށްކުރި GS153/IUL/2024/12 ނަންބަރު އިޢުލާނާއި ގުޅިގެން އެއްވެސް ފަރާތަކުން އަގު ހުށަހަޅާފައި ނުވާތީ އެއިޢުލާން ބާތިލުކޮށް އެ މަސައްކަތްތައް ކޮށްދޭނެފަރާތެއް ހޯދުމަށް އަލުން އިޢުލާން ކުރަމެވެ. ވީމާ މި މަސައްކަތް ކުރުމަށް ބީލަން ހުށަހެޅުމުގެ ފުރުޞަތު މިކަމަށް ޝަރުޠުހަމަވާ ހުރިހާ ފަރާތްތަކަށް ހުޅުވާލަމެވެ.

މިމަސައްކަތްތަކަށް ބީލަން ހުށަހެޅުމުގެ ފުރުޞަތު ހުޅުވާލެވިފައިވަނީ، ޤާނޫނު ނަންބަރ 18/2014 (ވިޔަފާރި ރަޖިސްޓްރީ ކުރުމުގެ ޤާނޫނު) ގެ ދަށުން ރަޖިސްޓްރީވެފައިވާ ކުންފުނިތަކަށާއި، ޤާނޫނު ނަންބަރު 19/2014  (އަމިއްލަ ފަރުންދުންގެ ވިޔަފާރީގެ ޤާނޫނު) ގެ ދަށުން ރަޖިސްޓްރީވެފައިވާ ފަރާތްތަކަށެވެ.

މިބީލަމުގައި ބައިވެރިވާންއެދޭ ފަރާތްތަކުން، 19 އޮގަސްޓް 2024 އިން 25 އޮގަސްޓް 2024 ދުވަހުގެ 13:00 އާއި ހަމައަށް، ބަންދުނޫން ކޮންމެ ދުވަހަކު 8:00 އިން 13:00 އަށް މިސްކޫލަށް ވަޑައިގެން ނުވަތަ އީމެއިލް މެދުވެރިކޮށް ނަންނޯޓް ކުރެއްވުމަށް ދެންނެވީމެވެ. ބީލަން ހުށަހެޅޭނީ މިމުއްދަތުގައި ނަންނޯޓް ކުރާ ފަރާތްތަކަށެވެ. 

މިމަސައްކަތާއި ގުޅޭގޮތުން ބާއްވާ މަޢުލޫމާތު ދިނުމުގެ ސެސަން 26 އޮގަސްޓް 2024 ވާ ހޯމަ ދުވަހުގެ 11:30 ގައި އަދި ބީލަން ހުށަހެޅުން 28 އޮގަސްޓް 2024 ވާ ބުދަ ދުވަހު 11:00 ގައި ސްކޫލް އޮފީހުގައި އޮންނާނެއެވެ.

 

ހަންޏާމީދޫ ސްކޫލް / އދ.ހަންޏާމީދޫ

   ފޯން: 6680837

  އީ-މެއިލް: admin@hangnaameedhooschool.edu.mv

 

14 ޞަފަރު 1446

18 އޮގަސްޓް 2024
ހޯދާ