މިލަދުންމަޑުލު އުތުރުބުރީ މާއުނގޫދޫ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ބީލަން ހުށައެޅުމުގެ ދަޢުވަތު

  1. މިއިދާރާއިން ދޭ މަޢުލޫމާތާ އެއްގޮތަށް ޤައުމީ ދުވަސް ފާހަގަކުރުމަށް ތައްޔާރުކުރާ ގިޑިގެ އަދި ދިދަ ދަނޑި ތައްޔާރުކޮށްދޭނެ ފަރާތެއް ހޯދުމަށް ބޭނުންވެއެވެ.
  2. މިބީލަމުގައި ބައިވެރިވެލެއްވުމަށް އެދޭ ފަރާތްތަކުން، ބީލަމުގައި ރަޖިސްޓްރީވުމަށް މިއިދާރާއިން ދޫކުރާ "ބީލަމުގައި ރަޖިސްޓްރީވުމަށް އެދޭ ފޯމް" 20 އޮގަސްޓް 2024 ވާ އަންގާރަ ދުވަހުގެ 12:00 ގެ ކުރިން ފުރިހަމަކުރެއްވުމަށް ފަހު މިއިދާރާއަށް ހުށައެޅުމުން ރަޖިސްޓްރީކޮށް ދެވޭނެއެވެ. ބީލަމުގައި ރަޖިސްޓްރީވިކަމަށް ޔަޤީންކުރަންވާނީ ރަޖިސްޓްރީވިކަމުގެ ސްލިޕް ލިބިލެއްވުމުންނެވެ. ބީލަން ހުށަހެޅޭނީ މި މުއްދަތުގައި ބީލަމުގައި ރަޖިސްޓްރީ ކުރައްވާ ފަރާތްތަކަށް އެކަންޏެވެ.
  3. މި ބީލަމުގައި ރަޖިސްޓްރީކުރައްވާ ފަރާތްތަކަށް މަޢުލޫމާތު ދިނުމަށް ބޭއްވޭ ބައްދަލުވުން އޮންނާނީ 20 އޮގަސްޓް 2024 ވާ އަންގާރަ ދުވަހުގެ 13:00 ގައި މާއުނގޫދޫ ކައުންސިލް އިދާރާގައެވެ.
  4. ބީލަން ބަލައިގަތުން އަދި ހުޅުވުން އޮންނާނީ 25 އޮގަސްޓް 2024 ވާ އާދީއްތަ ދުވަހުގެ 13:00 ގައި މިއިދާރާގައެވެ. ބީލަންތައް ހުންނަންވާނީ ސިޓީ އުރައެއްގައި ބަންދުކުރެވިފައެވެ. ސިޓީއުރައިގެ ބޭރުގައި ހުށަހަޅާ ފަރާތުގެ ނަމާއި، އިޢުލާން/ޕްރޮޖެކްޓް ނަންބަރާއި، ކޮންކަމަކަށް ހުށަހެޅޭ އަންދާސީ ހިސާބެއްކަން ލިޔެވިފައި އޮންނަންވާނެއެވެ.
  5. ހުށަހަޅާ އަންދާސީ ހިސާބުތައް ވަޒަންކުރާނޭ މިންގަނޑާއި ބީލަމާއެކު ހުށަހަޅަންޖެހޭ ތަކެތީގެ ތަފްޞީލު ބީލަމާ ގުޅޭ މަޢުލޫމާތު ކަރުދާހުގައި ހިމެނިފައިވާނެއެވެ.
  6. އިތުރު މަޢުލޫމާތު ތިރީގައިވާ އެޑްރެހުން ލިބިވަޑައިގަންނަވާނެއެވެ.

މިލަދުންމަޑުލުއުތުރުބުރީ މާއުނގޫދޫ ކައުންސިލުގެ އިދާރާ

ކަރަންކާމަގު، ށ.މާއުނގޫދޫ، ދިވެހިރާއްޖެ.
ފޯން:  6540056

އީމެއިލް:  info@maaungoodhoo.gov.mv                                          

18 އޮގަސްޓް 2024
ހޯދާ