މިލަދުންމަޑުލު ދެކުނުބުރީ މިލަދޫ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ރުއްގަހުގެ ވެރިފަރާތް ހޯދުން

އިޖުތިމާޢީ ސަރަޙައްދުގެ ގޮތުގައި ކަނޑައަޅާފައިވާ ޖެޓީ ސަރަޙައްދު އަދި ބޯޅަދަނޑު ސަރަޙައްދުގައި ހުރި ރުއްގަސް ބަދަލުދީ ނަގަންބޭނުންވެއެވެ.

ރުއްގަހުގެ މަޢުލޫމާތު ނޯޓުކުރުން:-

  • ބޯޅަދަނޑު ސަރަޙައްދު – 20 އޯގަސްޓް 2024 ވާ އަންގާރަ ދުވަހުގެ 16:00 އިން 16:30 އަށް
  • ޖެޓީ ސަރަޙައްދު - 20 އޯގަސްޓް 2024 ވާ އަންގާރަ ދުވަހުގެ 16:35 އިން 17:30 އަށް

     ވީމާ، މިދެންނެވުނު ސަރަޙައްދުތަކުގައި ހުރި ރުއްގަހުގެ ވެރިފަރާތްތަކުން ދެންނެވިފައިވާ ގަޑީގައި ދެންނެވިފައިވާ ސަރަޙައްދަށް ދުރުވެ ރުއްގަހުގެ ޢަދަދާއި ބާވަތް އަދި ވެރިފަރާތުގެ މަޢުލޫމަތު ޙިއްސާކޮށްދެއްވުން އެދެމެވެ.

19 އޮގަސްޓް 2024
ހޯދާ