މޯލްޑިވްސް ކަސްޓަމްސް ސަރވިސް
ދިވެހިރާއްޖެ
ކަސްޓަމްސް އޮފިސަރުންގެ ރަސްމީ ޔުނިފޯމް-1 އާއެކު ބޭނުންކުރާ ބުރުގާ ސަޕްލައިކޮށްދޭނެ ފަރާތެއް ހޯދުން (ދެވަނަ ފަހަރަށް އިޢުލާން ކުރެވިފައި)

       މި އޮފީހުން ދޭ މަޢުލޫމާތާއި އެއްގޮތަށް، ކަސްޓަމްސް އޮފިސަރުންގެ ރަސްމީ ޔުނިފޯމް-1 އާއެކު ބޭނުންކުރާ ބުރުގާ ސަޕްލައިކޮށްދޭނެ ފަރާތެއް ހޯދަން ބޭނުންވެގެން ކުރި ނަންބަރު (IUL)14-PR/1/2024/58 (05 ޖޫން 2024) އިޢުލާނަށް އެކަށީގެންވާ ތަރުޙީބެއް ލިބިފައިނުވާތީ، ނަންބަރު (IUL)14-PR/1/2024/58 (05 ޖޫން 2024) އިޢުލާނު ބާޠިލްކޮށް، ކަސްޓަމްސް އޮފިސަރުންގެ ރަސްމީ ޔުނިފޯމް-1 އާއެކު ބޭނުންކުރާ ބުރުގާ ސަޕްލައިކޮށްދޭނެ ފަރާތެއް ހޯދަން އަލުން ހުޅުވާލަމެވެ.

       ވީމާ، މި އިޢުލާނާ އެއްކަރުދާސް ކުރެވިފައިވާ މަޢުލޫމާތު ކަރުދާހުގައިވާ ގޮތުގެ މަތިން، މި ތަކެތި ސަޕްލައިކޮށްދިނުމަށް ޝައުޤުވެރިވެ ވަޑައިގަންނަވާ ފަރާތްތަކުން، 25 އޮގަސްޓް 2024 ވާ އާދީއްތަ ދުވަހުގެ 14:00 އަށް ކަސްޓަމްސް ހެޑްއޮފީހަށް ވަޑައިގެން މަޢުލޫމާތު ސާފުކުރެއްވުމަށްފަހު، 03 ސެޕްޓެންބަރު 2024 ވާ އަންގާރަ ދުވަހުގެ 14:00 އަށް ކަސްޓަމްސްގެ ހެޑްއޮފީހަށް ވަޑައިގެން އަންދާސީހިސާބު ހުށަހެޅުއްވުން އެދެމެވެ. އަންދާސީހިސާބު ހުށަހެޅުއްވޭނީ ކަނޑައެޅިފައިވާ މުއްދަތުގައި ބީލަމުގައި ރަޖިސްޓްރީވުމަށް އެދި ހުށަހަޅުއްވާ ފަރާތްތަކަށާއި މަޢުލޫމާތު ސާފުކުރުމުގެ ބައްދަލުވުމަށް ވަޑައިގަންނަވާ ފަރާތްތަކަށް އެކަނި ކަމުގައި ދަންނަވަމެވެ.

       ބީލަމުގައި ރަޖިސްޓްރީވުމަށް (procurement@customs.gov.mv) އަށް 25 އޮގަސްޓް 2024 ވާ އާދީއްތަ ދުވަހުގެ 14:00 ގެ ކުރިން މެއިލް ފޮނުއްވުން އެދެމެވެ. އިތުރު މަޢުލޫމާތު ސާފުކުރެއްވުމަށް މިއޮފީހުގެ ނަންބަރު 3334113 / 3334272 ފޯނަށް ގުޅުއްވުން އެދެމެވެ.

19 އޮގަސްޓް 2024
ހޯދާ