ފުވައްމުލަކު ސިޓީ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ނީލަން ކިޔުން:

ފުވައްމުލަކު މާލެގަން އަވަށު ފުޓްސެލް ދަނޑުގެ އިރުމަތީ ފަރާތާއި އުތުރު ފަރާތުގައި 01 އިން 13 އަށް ނަންބަރު ޖަހާފައިވާ ރުއްތަކުގެ ނީލަން ކިޔުން 2024 އޮގަސްޓް 20 ވާ އަންގާރަ ދުވަހުގެ ހެނދުނު 9:00 ގައި ރުއްތަކުގެ ކައިރީގައި އޮންނާނެއެވެ.

  ވީމާ މިނީލަމުގައި ބައިވެރިވުމަށް ޝައުގުވެރިވާ ފަރާތްތަކުން 2024 އޮގަސްޓް 20 ވާ އަންގާރަ ދުވަހު 9:00 އަށް މާލެގަން ފުޓްސެލް ދަނޑު ކައިރިއަށް ވަޑައިގެން ނީލަމުގައި ބައިވެރިވެ ދެއްވުން އެދެމެވެ. ނީލަންނަންގަވާ ފަރާތްތަކުން 2024 އޮގަސްޓް 22 ގެ 12:00 ގެ ކުރިން ފުވައްމުލަކު ސިޓީކައުންސިލަށް ފައިސާ ދައްކަވައި 2024 އޮގަސްޓް 25 ވަނަ ދުވަހުގެ  ނިޔަލަށް އެތަކެތި އެތަނުން ނެންގެވުން އެދެމެވެ. މުއްދަތު ހަމަވާއިރު ނުނަންގަވާ ހުންނަ ތަކެތި އެއީ ބޭނުންނެތް ތަކެތި ކަމުގައި ބަލާ ނައްތާލެވޭނެއެވެ.

 މިހެންވެ މިކަން ޢާންމުކޮށް އެންގުމަށްޓަކައި އިޢުލާން ކުރީމެވެ.  

18 އޮގަސްޓް 2024
ހޯދާ