މާޅޮސްމަޑުލު އުތުރުބުރީ އިނގުރައިދޫ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ކައުންސިލްހިޔާ ޢިމާރާތްކުރުމާއި ގުޅޭ

 

 

އިޢުލާން

 

ބީލަން ހުށަހެޅުމުގެ ދަޢުވަތު – ކައުންސިލްހިޔާ ޢިމާރާތްކުރުމާއި ގުޅޭ

1. ކައުންސިލްހިޔާ ޢިމާރާތް މަސައްކަތް ކުރުމަށް ޝައުގުވެރިވާ ފަރާތްތަކަށް ބީލަން ހުޅުވާލަމެވެ.

2. މި ބީލަމުގައި ބައިވެރިވާން އެދޭ ފަރާތްތަކުން، 29 އޮގަސްޓް 2024 ވާ ހޯމަ ދުވަހުގެ 13:00 ގެ ކުރިން ބީލަމުގައި ބައިވެރިވުމަށް މި އިދާރާގައި ރަޖިސްޓްރީ ކުރެވުން އެދެމެވެ. ބީލަން ހުށަހެޅުމަށް ބައިވެރިވެވޭނީ ހަމައެކަނި ބީލަމުގައި ރަޖިސްޓްރީވެފައިވާ ފަރާތްތަކަށެވެ. ބީލަމުގައި ރަޖިސްޓްރީ ކުރަން އެދޭ ފޯމު އިނގުރައިދޫ ކައުންސިލްގެ އިދާރާއިން އަދި ދިވެހިސަރުކާރުގެ ގެޒެޓުން ލިބެން ހުންނާނެއެވެ.

3. މި ބީލަމާއި ގުޅޭ ގޮތުން އެއްވެސް ސުވާލެއްވާނަމަ 02 ސެޕްޓެމްބާރ 2024 ވާ ހޯމަ ދުވަހުގެ 13:00ގެ ކުރިން ތިރީގައިވާ އީ-މެއިލް  އެޑްރެހަށް ލިޔުމުން ފޮނުވުންއެދެމެވެ

4. މި ބީލަމުގެ ޕްރީ ބިޑް މީޓިން އޮންނާނީ 04 ސެޕްޓެމްބާރ 2024 ވާ ބުދަ ދުވަހުގެ 10:15ގެ އިނގުރައިދޫ ކައުންސިލް އިދާރާގައެވެ. 

5. ބިޑް ހުށަހެޅުމާއި ބިޑް ހުޅުވުން އޮންނާނީ 10 ސެޕްޓެމްބާރ 2024 ވާ ބުރާސްފަތި ދުވަހުގެ 10:15ގައި އިނގުރައިދޫ ކައުންސިލްގެ އިދާރާގައެވެ.

6. އިތުރު މަޢުލޫމާތު ތިރީގައިވާ އެޑްރެހުން ލިބިވަޑައިގަންނަވާނެއެވެ.

                ފޯނު ނަންބަރު: 6580028

                އީ-މެއިލް: info@inguraidhoo.gov.mv

                ވީމާ، މިކަން ޢާއްމުކޮށް އެންގުމަށްޓަކައި އިޢުލާން ކުރީމެވެ.    

 

19 އޮގަސްޓް 2024
ހޯދާ