ހުވަދުއަތޮޅު ދެކުނުބުރީ އަތޮޅު ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ހުވަދު އަތޮޅު ދެކުނުބުރީ އަތޮޅުކައުންސިލްގެ އިދާރާއަށްސާރވާއެއް ފޯރުކޮށްދޭނެ ފަރާތެއް ހޯދުން

މި އިޢުލާންވަނީ 20 އޮގަސްޓް 2024 10:00 ގައި ބާތިލް ކުރެވިފައެވެ.


އިއުލާން ނަންބަރު: (IUL)242-A/242/2024/19

އިޢުލާން

ހުވަދު އަތޮޅު ދެކުނުބުރީ އަތޮޅުކައުންސިލްގެ އިދާރާއަށްސާރވާއެއް ފޯރުކޮށްދޭނެ ފަރާތެއް ހޯދުން

މިއިދާރާއިން ދޭ މަޢުލޫމާތާއި އެއްގޮތަށް، މިއިދާރާއަށް ބޭނުންވާ ސާރވާއެއް ފޯރުކޮށްދޭނެ ފަރާތެއް ހޯދަން ބޭނުންވެއްޖެއެވެ.

ވީމާ، ސާރވާރ ފޯރުކޮށްދިނުމަށް ޝަޢުޤުވެރިވެ ވަޑައިގަންނަވާ ފަރާތްތަކުން، 27 އޮގަސްޓް 2024 ވާ އަންގާރަ ދުވަހުގެ 14:00 ގެ ކުރިން މިއިޢުލާނާއި އެކު އެއްކަރުދާސް ކުރެވިފައިވާ "އަންދާސީ ހިސާބް ހުށަހެޅުމަށް ރަޖިސްޓްރީ ކުރާ ފޯމް" ފުރިހަމަކުރެއްވުން އެދެމެވެ. އަންދާސީ ހިސާބު ރަޖިސްޓްރީކުރާ ފޯމް މި އިއުލާނުގައިވާ ކިއު.އާރު ކޯޑް ސްކޭން ކުރުމުން ލިބިވަޑައިގަންނަވާނެއެވެ.  ބިޑް ހުށަހެޅުމުގެ ފުރުޞަތު ދެވޭނީ ދެންނެވިފައިވާ ތާރީޚަށް ރަޖިސްޓްރީ ވެފައިވާ ފަރާތްތަކަށެވެ.

އަންދާސީ ހިސާބް ހުށަހެޅުމަށް ރަޖިސްޓްރީ ކުރާ ފޯމް ފުރިހަމަ ކުރުމުން އެ ފަރާތަށް "މައުލޫމާތު ކަރުދާސް" ފޯރުކޮށްދެވޭނެއެވެ. އަދި  މަޢުލޫމާތު ކަރުދާހުގައިވާ މައުލޫމާތާއި އެއްގޮތަށް 05 ސެޕްޓެމްބަރ 2024 ވާ ބުރާސްފަތި ދުވަހު 14:00 އަށް މިއިދާރާއަށް ވަޑައިގެން އަންދާސީ ހިސާބު ހުށަހެޅުއްވުން އެދެމެވެ. އަންދާސީ ހިސާބު ހުށަހަޅުއްވާ ދުވަހުގެ 14:00 ގެ ފަހުން ހުށަހަޅުއްވާ އަންދާސީ ހިސާބާއި މައުލޫމާތު ފުރިހަމަ ނުވާ އަންދާސީ ހިސާބުތައް ބާތިލް ކުރެވޭނެ ވާހަކަ ދެންނެވީމެވެ.

މި އިޢުލާނާއި ގުޅިގެން އިތުރު މަޢުލޫމާތު ސާފުކުރެއްވުމަށް ގުޅުއްވާނީ މި އިދާރާގެ ނަންބަރު 6481032 މިނަމްބަރަށެވެ.

ރަޖިސްޓްރީވުން: 27 އޮގަސްޓް 2024 ވާ އަންގާރަ ދުވަހުގެ 14:00 ގެ ކުރިން

ބިޑް ހުޅުވުން:  05 ސެޕްޓެމްބަރ 2024 ވާ ބުރާސްފަތި ދުވަހުގެ 14:00 ގައި

މިހެންވެ މިކަން ޢާންމުކޮށް އެންގުމަށްޓަކައި އިޢުލާން ކުރީމެވެ.

 

19 އޮގަސްޓް 2024
ހޯދާ