ހުވަދުއަތޮޅު ދެކުނުބުރީ ތިނަދޫ ސިޓީ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ދިރިއުޅުމަށްޓަކައި ކޮންޑިޝަނަލް ގޯތި، ބިން ދޫކުރުމާ ގުޅޭގޮތުން މި ކައުންސިލުން ކޮށްފައިވާ އިޢުލާނާ ގުޅިގެން ގޯއްޗަށް އެދި ހުށަހެޅި ފަރާތްތަކުގެ ދައިމީ ލިސްޓް އާންމުކުރުން

އިޢުލާން

ދިރިއުޅުމަށްޓަކައި ކޮންޑިޝަނަލް ގޯތި، ބިން ދޫކުރުމާ ގުޅޭގޮތުން މި ކައުންސިލުން ކޮށްފައިވާ އިޢުލާނާ ގުޅިގެން ގޯއްޗަށް އެދި ހުށަހެޅި ފަރާތްތަކުގެ ދައިމީ ލިސްޓް އާންމުކުރުން

ދިރިއުޅުމަށްޓަކައި ކޮންޑިޝަނަލް ގޯތި ބިން ދޫކުރުމާގުޅޭ ގޮތުން މި ކައުންސިލުން ކޮށްފައިވާ އިޢުލާނާ ގުޅިގެން ގޯއްޗަށް އެދި ހުށަހެޅި ފަރާތްތަކުގެ ދާއިމީ ލިސްޓް މި އިޢުލާނާއެކު އާންމުކުރެވިފައިއެވަނީއެވެ. އަދި މި ލިސްޓް މި އިދާރާގެ ނޯޓިސް ބޯޑްގައި ވެސް ބެހެއްޓިފައިވާނެއެވެ.

މި ކައުންސިލްގެ ނަންބަރު:(IUL)415/415/2023/60  އާއި  (IUL)415/415/2023/104 އިޢުލާނުގެ ދަށުން ޖުމްލަ 200 ގޯތި ދޫކުރުމަށް ނިންމާފައިވާއިރު، A ކެޓަގަރީއަށް 120 ގޯތި، B ކެޓަގަރީއަށް 66 ގޯތި، އަދި C  ކެޓަގަރީގެ ތެރެއިން އެކަނިވެރި މައިންބަފައިންނަށް 5 ގޯތި، ވިޔަފާރި ކުރަމުންދާ ފަރާތްތަކަށް 3 ގޯތި، ޕްރޮފެޝަނަލް ދާއިރާއަށް 6 ގޯތި ދޫކުރުމަށް ނިންމާފައިވެއެވެ. ގޯތި ލިބޭ ފަރާތްތައް ކަނޑައަޅާނީ ޕޮއިންޓް ލިބިފައިވާ ތަރުތީބަށް ބަލައި، އެންމެ މަތިން ޕޮއިންޓް ލިބިފައިވާ ފަރާތްތަކަށެވެ. އަދި ދޫކުރަން ހަމަޖައްސާފައިވާ ގޯތި ތަކުގެ ތެރެއިން އެންމެ ފަހު ގޯއްޗަށް/ގޯތިތަކަށް ވާދަކުރާ، އެއްފަރާތަށްވުރެ ގިނަ ފަރާތް ހިމެނޭކަމުގައިވާނަމަ، އެގޯތި ލިބޭފަރާތް ކަނޑައަޅާނީ އެފަރާތްތަކުގެ މެދުގައި ގުރުއަތު ލައިގެންނެވެ.

      ވީމާ، މިކަން އާންމުކޮށް އަންގައި އިޢުލާންކުރަމެވެ.

19 އޮގަސްޓް 2024
ހޯދާ