މާޅޮސްމަޑުލު އުތުރުބުރީ އިނގުރައިދޫ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ބޮޑެތި މީހުންގެ އިނގިރޭސި ކުލާހާއިގުޅޭ

އިޢުލާން

 

ބޮޑެތި މީހުންގެ އިނގިރޭސި ކުލާހާއިގުޅޭ

              ނެޝަނަލް އިންސްޓިޓިއުޓް އޮފް އެޑިއުކޭޝަން އާއި މި ކައުންސިލް އިދާރާ ގުޅިގެން ބޮޑެތި މީހުންނަށް ޚާއްސަކޮށްގެން އިނގިރޭސި ކުލާހެއް 1 އަހަރު ދުވަހުގެ މުއްދަތަށް ކުރިޔަށް ގެންދިޔުމަށް ވާނީ ހަމަޖެހިފައެވެ. ވީމާ މި ކުލާހުގައި ބައިވެރިވާން ބޭނުންފުޅުވާ ބޭފުޅުން 27 އޮގަސްޓް 2024 ގެ ކުރިން މިއިދާރައިގައި ނަންނޯޓް ކުރެއްވުން އެދެމެވެ. ނުވަތަ މިއިދާރައިގެ އީމެއިލް: info@inguraidhoo.gov.mv  އަށް ނަމާއި، އައިޑީކާޑް ނަންބަރު އަދި ގުޅޭނެ ފޯން ނަންބަރު ފޮނުވައި ދެއްވުން އެދެމެވެ.

                 މިހެންވެ މިކަން އާއްމުކޮށް އެންގުމަށްޓަކައި އިޢުލާން ކުރީމެވެ.                                         

20 އޮގަސްޓް 2024
ހޯދާ