ކުޅުދުއްފުށީ ޕޯޓް ޕްރައިވެޓް ލިމިޓެޑް
ދިވެހިރާއްޖެ
މިކުންފުނީގެ އެސިސްޓެންޓް މެރިންސާރވިސް އެސޯސިއޭޓްގެ މަޤާމަށް މުވައްޒަފަކު ހޯދުމަށްޓަކައި، މި މަޤާމަށް ކުރިމަތިލުމުގެ ފުރުޞަތު ހުޅުވާލަމެވެ.

ވަޒީފާގެ ފުރުޞަތު

ނަންބަރ: IL-KPL/2024/012

ތާރީޚް: 20 އޮގަސްޓް 2024

މަޤާމް

އެސިސްޓެންޓް މެރިންސާރވިސް އެސޯސިއޭޓް

ބޭނުންވާ ޢަދަދު:

01 (އެކެއް)

މުސާރަ:

-/5,000 ރ

އެހެނިހެން ޢިނާޔަތްތަށް:

- -/3,500 ރ އާއި -/5,000 ރ އާއި ދެމެދުގެ އަދަދެއް ލިބޭނެ

- އިތުރުގަޑީގައި އަދި ރަސްމީ ބަންދު ދުވަހެއްގައި މަސައްކަތްކޮށްފި ނަމަ ވަޒީފާއާބެހޭ ޤާނޫނުގައި ހަމަޖެހިފައިވާ އުސޫލުން އިތުރު ގަޑިއާއި އެހެނިހެން އިނާޔަތްތައް ލިބިދެވޭނެއެވެ.

މަޤާމުގެ ޝަރުތު:

- ގުޅުންހުރި ދާއިރާއަކުން، ދިވެހިރާއްޖޭގެ ޤަޢުމީ އޮނިގަނޑު ލެވެލް 02 ގެ ސަނަދެއް ޙާޟިލުކޮށްފައިވުމާއިއެކު، ގުޅުންހުރި ދާއިރާއަކުން މަދުވެގެން 02 އަހަރު ދުވަހު އުޅެ ތަޖުރިބާ ލިބިފައިވުން،

ނުވަތަ

- އޭލެވެލް އިމްތިޙާނުން މަދުވެގެން 2 މާއްދާއިން ފާސްވެފައިވުން.

މަޤާމުގެ މައިގަނޑު މަސްޢޫލިއްޔަތު:

  1. ބަނދަރަށް އަންނަ ބޭރު ދަތުރުކުރާ އުޅަނދުފަހަރަށް ބޭނުންވާ މަޢުލޫމާތު ދިނުމަށް މުއާސަލާތީ ޚިދުމަތް ދިނުމާއި ޕައިލޮޓް ބޭނުންވާ އުޅަނދުފަހަރަށް ޕައިލޮޓް ޚިދުމަތް ދިނުމުގެ އިންތިޒާމް ހަމަޖައްސައި ދިނުން.
  2. ބަނދަރަށް އަންނަ އުޅަނދުފަހަރަށް އެ އުޅަނދަކަށް ކަނޑައެޅިފައިވާ އެންކަރޭޖަކަށް ނުވަތަ ބާތަށް ގެނައުމުގެ އިންތިޒާމް ހަމަޖެއްސުން.
  3. އޮޕަރޭޝަނުން އަންގާ ގޮތެއްގެ މަތިން އުޅަނދުފަހަރު ބާތަށް ކައިރިކޮށް ދުރުކުރުމުގެ އިންތިޒާމް ހަމަޖައްސައި ދިނުން.
  4. ބަނދަރުގައި ހިނގާ އެކްސިޑެންޓްތައް ޕައިލެޓަށް ނުވަތަ ސެކްޝަންގެ ވެރިޔާއަށް ރިޕޯޓް ކުރުން.
  5. ބާތަށް ކައިރިކުރާ އުޅަނދު ފަހަރުން ބާތު ހަޔަރގެ ގޮތުގައި ދައްކަންޖެހޭ ފައިސާގެ މަޢުލޫމާތު ފައިނޭންސްއަށް ފޮނުވުމުގެ އިންތިޒާމް ހަމަޖައްސައި ދިނުން އަދި ބަނދަރަށް އަންނަ ބޭރުދަތުރުކުރާ އުޅަނދުފަހަރުން ބަނދަރު ކުލި ނެގުމުގެ މަޢުލޫމާތު ފައިނޭންސަށް ދިނުމުގެ އިންތިޒާމް ހަމަޖެއްސުމާއި އުޅަނދުފަހަރުގެ މަޢުލޫމާތު ބެލެހެއްޓުން.
  6. ބަނދަރުން ބަލަހައްޓަން ހަވާލުކުރެވިފައިވާ ކަނޑުމަތީގެ ބައްތިތައް ބެލެހެއްޓުމުގެ އިންތިޒާމް ހަމަޖެއްސުން.
  7. އުޅަނދު ފަހަރާއި އެޖެންޓަށް ބޭނުންވާ ޕޯޓް އިންފޮމޭޝަން ފުރިހަމަކޮށް މަޢުލޫމާތު ބޭނުންވާ ފަރާތްތަކަށް ދޫކުރުން.
  8. ފައިނޭންސް އިން އަންގާ ތާރީހަކަށް ކުރިއަށް އޮތް އަހަރުގެ ބަޖެޓް ހަދާ ހުށައެޅުމާއި އެޑްމިންއިން އަންގާ ދުވަހަކަށް އަހަރީ ރިޕޯޓަށް ބޭނުންވާ މަޢުލޫމާތު ތައްޔާރުކޮށް ފޮނުވުން.

މަސައްކަތް ކުރަންޖެހޭ ތަން :

ކުޅުދުއްފުށީ ޕޯޓް ޕްރައިވެޓް ލިމިޓެޑް / ހދ. ކުޅުދުއްފުށި

ސުންގަޑި:

29 އޮގަސްޓް 2024 ވާ ބުރާސްފަތި ދުވަހުގެ 13:00 ގެ ކުރިން.

އިންޓަރވިއު ކުރުން:

- މި މަޤާމަށް މީހަކު ހޮވުމަށް ބާއްވާ އިންޓަރވިއު އޮންނާނީ، 08 ސެޕްޓެމްބަރ 2024 އާއި 19 ސެޕްޓެމްބަރ 2024 އާއި ދެމެދު، ކުޅުދުއްފުށީ ޕޯޓްގައި އެވެ.

ވަޒީފާއަށް އެދި ހުށަހަޅަންޖެހޭ ތަކެތި:

- މަޤާމަށް އެދިހުށަހަޅާ ފޯމް (މި މަޤާމަށް އެދި ހުށަހަޅާ ފޯމް މިއޮފީހުން ލިބިވަޑައިގަންނަވާނެއެވެ).

- ތަޢުލީމީ ސެޓުފިކެޓުތަކުގެ ކޮޕީ.

- ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑުގެ ކޮޕީ.

- ވަޒީފާއަށް ކުރިމަތިލާ ފަރާތުގެ ވަނަވަރު (ގުޅޭނެ ފޯން ނަންބަރާއިއެކު)

އެޕްލިކޭޝަން ފޯމު ޑައުންލޯޑް ކުރެއްވުމަށް:

https://shorturl.at/gjnAM

ހުށަހަޅަންޖެހޭ އޮފީސް:

ކުޅުދުއްފުށީ ޕޯޓް ޕްރައިވެޓް ލިމިޓެޑް / ހދ. ކުޅުދުއްފުށި

އިތުރު މަޢުލޫމާތު: 6528558

އީމެއިލް މެދުވެރިކޮށް އެޕްލިކޭޝަން ފޯމު ހުށަހަޅުއްވާނަމަ :

info@kulhudhuffushiport.mv

އީ-މެއިލްއިން ހުށަހަޅުއްވާނަމަ ވަޒީފާއަށް އެދޭ ފޯމާއިއެކު ހުރިހާ ޑޮކިއުމެންޓެއް, އެއް ފައިލަކަށް ޕީ.ޑީ.އެފް ކުރުމަށްފަހު ފައިލުގައި ހުށަހަޅުއްވާ ފަރާތުގެނަމާއި މަޤާމުގެނަން އަދި އައިޑީ ކާޑް ނަމްބަރު ހިމެނުމަށް ދެންނެވީމެވެ.

ނޯޓް: މި އިޢުލާނާ ގުޅިގެން މި މަޤާމަށް އެދި ހުށަހަޅާ ފަރާތްތަކުގެ ތެރެއިން އިންޓަވިއުއަށް ކިޔޭނީ ހަމައެކަނި ޝޯޓްލިސްޓް ކުރެވޭ ފަރާތްތަކަށެވެ. އަދި ބަޔާންކުރެވިފައިވާ މަޢުލޫމާތުތައް ފުރިހަމަނުވާ އެޕްލިކޭޝަންތަކާއި ، އީ.މެއިލް ބާތިލްކުރެވޭނެ އެވެ.

20 އޮގަސްޓް 2024
ހޯދާ