މިނިސްޓްރީ އޮފް ހަޔަރ އެޑިޔުކޭޝަން، ލޭބަރ އެންޑް ސްކިލްސް ޑިވެލޮޕްމަންޓް
ދިވެހިރާއްޖެ
Jordan University 2024-2025

 

Jordan University 2024-2025

 

2024-2025 އެކަޑަމިކް އަހަރު ޖޯޑަންގެ ޔުނިވަރސިޓީތަކުގައި މަތީތައުލީމު ޙާސިލްކުރުމަށް ޝައުޤުވެރިވާ އިންޓަރނޭޝަނަލް ދަރިވަރުންގެ އެޕްލިކޭޝަން ހުށަހެޅުމަށް ޚާއްސަކޮށްގެން، ޖޯޑަންގެ މިނިސްޓްރީ އޮފް ހަޔަރ އެޑިޔުކޭޝަން އެންޑް ސައިންޓިފިކް ރިސަރޗްގެ ފަރާތުން، ޔުނިފައިޑް އެލެކްޓްރޯނިކް އެޑްމިޝަން ސިސްޓަމްއެއް ވަނީ އިފްތިތާހުކޮށްފައެވެ. އަދި މި ސިސްޓަމް ބޭނުންކޮށްގެން ޖޯޑަންގެ ޔުނިވަރސިޓީތަކުގައި ކިޔުވުމަށް އެޕްލިކޭޝަން ހުށަހެޅުމުގެ ފުރުޞަތުވަނީ ހުޅުވާލާފައެވެ.

 

ވީމާ، މި ޖޯޑަންގެ ޔުނިވަރސިޓީތަކުގެ ޕްރޮގްރާމްތަކުގައި ބައިވެރިވުމަށް ޝައުޤުވެރިވާ ފަރާތްތަކުން ތިރީގައިވާ ލިންކު މެދުވެރިކޮށް https://studyinjordan.jo/isaapp/ISALoginEN.aspx  އެޕްލިކޭޝަން ހުށަހެޅުންވުން އެދެމެވެ.

 

.........................................................................................................................................................................

* މިޕްރޮގްރާމްތަކަށް ހޮވޭ ފަރާތްތަކުން، ޕްރޮގްރާމް ފުރިކުރަން ފެށުމުގެ ކުރިން އެ ޕްރޮގްރާމެއް ހިންގާ ޔުނިވަރސިޓީ/ އިންސްޓިޓިއުޓަކީ މޯލްޑިވްސް ކޮލިފިކޭޝަންސް އޮތޯރިޓީ (އެމް.ކިޔު.އޭ) އިން ޤަބޫލުކުރާ މަރުކަޒެއްކަމާއި، ހޮވިފައިވާ ޕްރޮގްރާމަކީ އެމް.ކިޔު.އޭ އިން ޤަބޫލުކުރާ ޕްރޮގްރާމެއްކަން ކަށަވަރު ކުރެއްވުން އެދެމެވެ.

* މީގެއިތުރުން ޕްރޮފެޝަނަލް ނުވަތަ ލައިސެންސިންގ ދާއިރާތަކުގެ ޕްރޮގްރާމް ހެދުމަށް ހޮވޭ ފަރާތްތަކުން، އެ ޕްރޮގްރާމެއް ފުރިހަމަކުރަން ފެށުމުގެ ކުރިން، ކަމާބެހޭ އިދާރާއަކުން (މިސާލު: މޯލްޑިވްސް އެލައިޑް ހެލްތް ކައުންސިލް، މޯލްޑިވްސް ނަރސިންގ އެންޑް މިޑްވައިފްރީ ކައުންސިލް، މޯލްޑިވްސް މެޑިކަލް އެންޑް ޑެންޓަލް ކައުންސިލް، ސިވިލް އޭވިއޭޝަން އޮތޯރިޓީ ފަދަ ތަންތަނުން) ޤަބޫލުކުރާ މަރުކަޒެއްގައި ހިންގާ، އެ އިދާރާއަކުން ޤަބޫލުކުރާ ޕްރޮގްރާމެއްކަން ކަށަވަރުކުރެއްވުންވެސް އެދެމެވެ.

20 އޮގަސްޓް 2024
ހޯދާ