މާޅޮސްމަޑުލު އުތުރުބުރީ އިނގުރައިދޫ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
އޮޑިދޯނި އެހެލާ ސަރަޙައްދުތަކުގައި ހުރި ބައު އުޅަނދުތަކާއި މިއިދާރައިގައި ރަޖިސްޓްރީ ނުކުރާ އުޅަނދުތައް ނީލަން ކިޔުމާއި ގުޅޭ

ޢިއުލާން

 

އޮޑިދޯނި އެހެލާ ސަރަޙައްދުތަކުގައި ހުރި ބައު އުޅަނދުތަކާއި މިއިދާރައިގައި ރަޖިސްޓްރީ ނުކުރާ އުޅަނދުތައް ނީލަން ކިޔުމާއި ގުޅޭ

       އޮޑި ދޯނިފަހަރު އެހެލާ ސަރަޙައްދުގައި ހުރި ބައު އުޅަނދުތަކާއި އަދި މި އިދާރައިގައި ރަޖިސްޓްރީކޮށްފައި ނުވާ އުޅަނދުތައް ނީލަން ކިޔުން 22 ސެޕްޓެމްބަރ 2024 ވާ އާދިއްތަ ދުވަހު ހެނދުނު 9:30 ގައި އެ ސަރަޙައްދުގައި އޮންނާނެވެ. އަދި މި މުއްދަތުގެ ކުރިން މި ސަރަޙައްދުގައި ހުރި އުޅަނދުތަށް ރަޖިސްޓްރީ ކުރުމަށް ބޭނުންފުޅުވާ ފަރާތްތަކަށް އެފުރުޞަތު އޮތްވާހަކަވެސް ދަންނަވަމެވެ.  

       ވީމާ، ނީލަމުގައި ބައިވެރިވެވަޑައިގަތުމަށް ޝައުގުވެރިވާ ބޭފުޅުން ކަނޑައެޅިފައިވާ ގަޑިޔަށް އޮޑި ދޯނިދޯނި ފަހަރު އެހެލާ ސަރަޙައްދަށް ވަޑައިގެންދެއްވުން އެދި ދަޢުވަތު އަރުވަމެވެ.  މި ޢިއުލާން އާންމުކުރެވިފައި މިވަނީ މިއަދުގެ ނިޔަލަށް ރަޖިސްޓްރީކުރުމަށް ހުށަހަޅާފައިވާ އުޅަނދުތައް އުނިކުރުމަށްފަހުކަމުގައި ދަންނަވަމެވެ.

        މިހެންވެ މިކަން އާންމުކޮށް އެންގުމަށްޓަކައި އިޢުލާނުކުރީމެވެ.

20 އޮގަސްޓް 2024
ހޯދާ