ކްރިކެޓް ބޯޑް އޮފް މޯލްޑިވްސް
ދިވެހިރާއްޖެ
ކްރިކެޓް ބޯޑް އޮފް މޯލްޑިވްސްގެ ހިންގާ ކޮމިޓީ އިންތިޚާބުކުރުން

ކްރިކެޓް ބޯޑް އޮފް މޯލްޑިވްސްގެ ހިންގާ ކޮމިޓީގެ މިހާރު ހިނގަމުންދާ ދައުރު 24 އޮކްޓޫބަރު 2024 ގައި ހަމަވާނެއެވެ. ވީމާ ކްރިކެޓް ބޯޑް އޮފް މޯލްޑިވްސްގެ ހިންގާ ކޮމިޓީ އައު ދައުރަކަށް އިންތިޙާބުކުރުމަށް ބާއްވާ އިންތިޙާބީ ޖަލްސާ 20 ސެޕްޓެމްބަރު 2024 ވާ ހުކުރުު ދުވަހު ބޭއްވުމަށްވަނީ ހަމަޖެހިފައެވެ.

ވީމާ، ކްރިކެޓް ބޯޑް އޮފް މޯލްޑިވްސްގެ އެންމެހާ މެންބަރުންގެ މައުލޫމާތަށްޓަކައި ކްރިކެޓް ބޯޑް އޮފް މޯލްޑިވްސް ހިންގާ ކޮމިޓީގެ އިންތިޙާބު ބޭއްވޭނެ ދުވަސް އާންމުކޮށް އިއުލާން ކުރަމެވެ. އަދި މިޖަލްސާ ބޭއްވޭނެ ތަނާއި، ގަޑި އަދި އެޖެންޑާ ފަހުން އަންގާ އިޢުލާން ކުރެވޭނެއެވެ.

 

އިތުރު މައުލޫމާތު ސާފުކުރެއްވުމަށް ބޭނުންފުޅުވެލައްވާނަމަ 3325503 ނަންބަރާއި ގުޅުއްވުން އެދެމެވެ.

ކްރިކެޓް ބޯޑް އޮފް މޯލްޑިވްސް

ފޯން: 3325503

info@maldivescricket.org

20 އޮގަސްޓް 2024
ހޯދާ