ޑިޕާޓްމަންޓް އޮފް ޕަބްލިކް އެގްޒެމިނޭޝަން
ދިވެހިރާއްޖެ
މި ޑިޕާޓްމަންޓަށް ބޭނުންވާ އެސް.އެސް.ސީ. އަދި އެޗް.އެސް.ސީ އިމްތިޙާނުގެ ސެޓްފިކެޓް ފޯރުކޮށްދޭނެ ފަރާތެއް ހޯދުމަށް.

ބީލަން ހުށަހެޅުމުގެ ދަޢުވަތު

 

މި ޑިޕާޓްމަންޓަށް ބޭނުންވާ އެސް.އެސް.ސީ. އަދި އެޗް.އެސް.ސީ އިމްތިޙާނުގެ ސެޓްފިކެޓް ފޯރުކޮށްދޭނެ ފަރާތެއް ހޯދުމަށް.

  1. 1.      މި ޑިޕާޓްމަންޓަށް ބޭނުންވާ އެސް.އެސް.ސީ. އަދި އެޗް.އެސް.ސީ އިމްތިޙާނުގެ ސެޓްފިކެޓް ފޯރުކޮށްދޭނެ ފަރާތެއް ބޭނުންވެއްޖެއެވެ. ވީމާ މިތަކެތި ފޯރުކޮށްދިނުމަށް ބީލަން ހުށަހެޅުމުގެ ފުރުޞަތު މިކަމަށް ޝަރުޠުހަމަވާ ހުރިހާ ފަރާތްތަކަށް ހުޅުވާލަމެވެ.
  2. 2.      މިމަސައްކަތަށް ކުރިމަތިލާ ފަރާތްތަކުގައި ހުންނަންޖެހޭ ޝަރުތުތައް ބީލަންފޮތުގައި ބަޔާންކުރެވިފައިވާނެއެވެ.
  3. 3.      މި ޕްރޮޖެކްޓާއި ގުޅޭ މައުލޫމާތު ދިނުމުގެ ބައްދަލުވުން އަދި ރަޖިސްޓްރީވުން އޮންނާނީ 28 އޮގަސްޓް 2024 ވާ ބުދަ ދުވަހުގެ11:15 ގައި ހ. އަޝްރަފީވިލާ 03 ވަނަ ފަންގިފިލާގެ މީޓިންގ ރޫމުގައެވެ.   
  4. 4.      ބީލަން ހުށަހެޅޭނީ މިބައްދަލުވުމުގައި ރަޖިސްޓްރީ ކުރާ ފަރާތްތަކަށެވެ.
  5. 5.      މިޕްރޮޖެކްޓާއި ބެހޭގޮތުން އެއްވެސް ސުވާލެއްވާނަމަ 02 ސެޕްޓެމްބަރ 2024 ވާ ހޯމަ ދުވަހުގެ 13:30 ގެ ކުރިން މި އިޢުލާނުގެ 9 ވަނަ ނަންބަރުގައިވާ މެއިލް މެދުވެރިކޮށް ފޮނުއްވުންއެދެމެވެ.
  6. 6.      ބީލަން ހުށަހެޅުމާއި ބީލަން ހުޅުވުން އޮންނާނީ 05 ސެޕްޓެމްބަރ 2024 ވާ ބުރާސްފަތި ދުވަހުގެ 11:15 ގައި މި ޑިޕާޓްމަންޓް މިހާރު ހިނގަމުންދާ ހ. އަޝްރަފީވިލާ 3 ވަނަ ފަންގިފިލާގެ މީޓިންގ ރޫމް ގައެވެ. 
  7. 7.      ޕްރޮޖެކްޓްގެ ބިޑް ސެކިއުރިޓީގެ ގޮތުގައި 5,000/-ރ.(ފަސްހާސް) ހުށަހަޅަންވާނެއެވެ. ބިޑް ސެކިއުރިޓީގެ މުއްދަތަކީ ބިޑް ހުޅުވާ ތާރީހުން ފެށިގެން 60 ދުވަހެވެ. ބިޑް ސެކިއުރިޓީ ހުށަހަޅަންޖެހޭ ގޮތް ބީލަން ފޮތުގައި ބަޔާންކޮށްފައިވާނެއެވެ.
  8. 8.      މިޕްރޮޖެކްޓާގުޅޭ ބީލަން ފޮތް މިއިޢުލާނާއެކު އެޓޭޗް ކުރެވިފައިވާނެއެވެ.
  9. 9.      މިޕްރޮޖެކްޓާގުޅޭ އިތުރު މަޢުލޫމާތު procurement@dpe.edu.mv މެއިލު މެދުވެރިކޮށް އަދި،ލޮޖިސްޓިކްސް އެންޑް ޕްރޮކިއުމަންޓް ސެކްޝަންފޯން: 7912737 /4003966އިންލިބިވަޑައިގަންނަވާނެއެވެ.

 

17 ޞޮފަރު 1446

21 އޮގަސްޓް 2024

21 އޮގަސްޓް 2024
ހޯދާ