ހުވަދުއަތޮޅު ދެކުނުބުރީ ހޯނޑެއްދޫ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ކަސަބު ވިޔަން ދަސްކޮށްދިނުމުގެ ޕްރޮގްރާމުގައި ބައިވެރިވުމުގެ ފުރުޞަތު ހުޅުވާލުން؛

ގދ.ހޯނޑެއްދޫ އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމެޓީއިން އިސްނަގައިގެން 01 ސެޕްޓެމްބަރ 2024 ވާ އާދީއްތަ ދުވަހު ކަސަބު ވިޔަން ދަސްކޮށްދިނުމުގެ ޕްރޮގްރާމެއް ބޭއްވުމަށް ވަނީ ނިންމާފައެވެ. މިޕްރޮގްރާމްގައި ކުރިއަށް ގެންދިޔުމަށް ހަމަޖެހިފައިވަނީ ކޮންމެ ބައިވެރިއެއްގެ އަތުން 750.00ރ ގެ ފީއެއް ނަގައިގެންނެވެ.  މި ޕްރޮގްރާމްއަކީ 15 ދުވަހުގެ މުއްދަތަށް ކުރިއަށްގެންދެވޭ ޕްރޮގްރާމެކެވެ.

ވީމާ، މި ޕްރޮގްރާމުގައި ބައިވެރިވެވަޑައިގަތުމަށް ޝައުޤުވެރިކަން ހުރި ފަރާތްތަކުން 2024 އޮގަސްޓް 25 ވާ އާދީއްތަ ދުވަހުގެ 14:00 ގެ ކުރިން ބައިވެރިވުމަށް އެދޭ އެޕްލިކޭޝަން ފޯމް، މި ކައުންސިލް އިދާރާއަށް ހުޅަހެޅުން އެދެމެވެ. ބައިވެރިވުމަށް އެދޭ ފޯމް މި އިދާރާގެ ކައުންޓަރުން ލިބެންހުންނާނެއެވެ. އިތުރު މައުލޫމާތު ހޯއްދެވުމަށް 9650440 އަށް ގުޅުއްވުން އެދެމެވެ.

މިހެންވެ މިކަން ޢާއްމުކޮށް އެންގުމަށްޓަކައި އިޢުލާން ކުރީމެވެ.

15 އޮގަސްޓް 2024
ހޯދާ