އާސަންދަ ކޮމްޕެނީ ލިމިޓެޑް
ދިވެހިރާއްޖެ
Paessler Router Traffic Grapher (PRTG) Network Monitor License ފޯރުކޮށްދޭނެ ފަރާތެއް ހޯދުމަށް

 


މި ކުންފުނީގެ ބޭނުމަށް Paessler Router Traffic Grapher (PRTG) Network Monitor License ފޯރުކޮށްދޭނެ ފަރާތެއް ހޯދަނެ ބޭނުންވެއްޖެއެވެ. މިމަސައްކަތާ ގުޅޭ މައުލޫމާތު ކަރުދާސް  މި އިޢުލާނާއި އެކު ގެޒެޓުގައި ޝާއިޢުކުރެވިފައި ވާނެއެވެ. މީގެއިތުރުން މިކުންފުނީގެ ވެބްސައިޓުންވެސް ލިބިވަޑައިގަންނަވާނެއެވެ.

ވީމާ، މި މަސައްކަތަށް ޝައުގުވެރިވެވަޑައިގަންނަވާ ފަރާތްތަކުން 28 އޮގަސްޓް 2024 ވާ ބުދަ ދުވަހުގެ 15:00 ގެ ކުރިން ރެޖިސްޓްރީ ކުރެއްވުން އެދެމެވެ. ރެޖިސްޓްރީ ކުރެއްވުމަށް، tender@aasandha.mv އަށް ބީލަމަށް ކުރިމަތިލާ ފަރާތުގެ ފުރިހަމަ ނަމާއި، ފޯނު ނަމްބަރު، އައިޑީ ކާޑު ނަމްބަރު އަދި އީމެއިލް އެޑްރެސް ޖެއްސެވުމަށްފަހު މެއިލް ކުރެއްވުން އެދެމެވެ. އަދި ރަޖިސްޓްރީ ކުރުމަށް ފޮނުވާ އީމެއިލްގައި މި އިޢުލާން ނަމްބަރު ޖެއްސެވުން އެދެމެވެ.

އަންދާޒީ ހިސާބު ހުށަހެޅުއްވުން އޮށްނާނީ 5 ސެޕްޓެމްބަރ 2024 ވާ ބުރާސްފަތި ދުވަހުގެ 10:00 ގައި ވެބް މީޓިންގ އެއް މެދުވެރިކޮށެވެ. ވެބް މީޓިންގގެ ލިންކް، ރެޖިސްޓްރީކުރައްވާފައިވާ ފަރާތްތަކަށް މެއިލްގެ ޒަރިއްޔާއިން ލިބިވަޑައިގަންނަވާނެއެވެ.  އަންދާސީ ހިސާބު ފޮނުވާނީ މެއިލްގެ ޒަރިއްޔާއިން މި ދެންނެވި މީޓިންގގައެވެ.

ކަނޑައެޅިފައިވާ ސުންގަޑި އަށް ރެޖިސްޓްރީ ކޮށްފައިނުވާ ފަރާތްތަކާއި ވެބް މީޓިންގައި ބައިވެރިވެވަޑައިނުގަންނަވާ ފަރާތްތަކުގެ އަންދާސީ ހިސާބު ބަލައެއް ނުގަނެވޭނެވެ.

 

ޕްރޮކިޔުމެންޓް ސެކްޝަން

ފެން ބިލްޑިންގ، 3ވަނަ ފަންގިފިލާ

އަމީނީ މަގު، މައްޗަންގޯޅި، 20375

މާލެ، ދިވެހިރާއްޖެ

އީމެއިލް: info@aasandha.mv    ވެބްސައިޓް: www.aasandha.mv    ފޯން:  3011483      

21 އޮގަސްޓް 2024
ހޯދާ