ކާމިލް ދީދީ ޕްރައިމަރީ ސްކޫލް
ދިވެހިރާއްޖެ
ކާމިލް ދީދީ ޕްރައިމަރީ ސްކޫލް ސެކިއުރިޓީ ބަލަހައްޓަދޭނެ ފަރާތެއް ބޭނުންވެއްޖެ

މި އިޢުލާންވަނީ 21 އޮގަސްޓް 2024 17:34 ގައި ބާތިލް ކުރެވިފައެވެ.


ބީލަން ހުށަހެޅުމުގެ ދަޢުވަތު

 

ސެކިއުރިޓީ ބަލަހައްޓާދޭނެ ފަރާތެއް ހޯދުމަށް ބޭނުންވެއްޖެ:

  1. ކާމިލްދީދީ ޕްރައިމަރީ ސްކޫލް ސެކިއުރިޓީ 01 އަހަރަށް ބެލެހެއްޓުމަށް ޝައުގުވެރިވާ ފަރާތެއް ހޯދުމަށް ބީލަން ހުށަހެޅުމުގެ ފުރުސަތު ހުޅުވާލަމެވެ.
  2. މިމަސައްކަތަށް ކުރިމަތިލާ ފާރަތްތަކުގައި ހުންނަންޖެހޭ ޝަރުތުތައް ބީލަންފޮތުގައި ބަޔާންކުރެވިފައިވާނެއެވެ.
  3. މި ޕްރޮޖެކްޓްގައި ރަޖިސްޓްރީ ކުރުމަށް 21 އޮގަސްޓް 2024 ން 25 އޮގަސްޓް 2024 ގެ ނިޔަލަށް ތިރީގައިވާ އީމެއިލް މެދުވެރިކޮށް "ބިޑް ރަޖިސްޓްރީ ވުމަށް" މެއިލް ފޮނުވުން އެދެމެވެ. ބީލަން ހުށަހެޅޭނީ މިމުއްދަތުގައި މެއިލް ކުރާ ފަރާތްތަކަށެވެ.

"ބިޑް ރަޖިސްޓްރީ މެއިލް"  procurement@kaamildidi.edu.mv

  1. މިޕްރޮޖެކްޓާއި ބެހޭގޮތުން އެއްވެސް ސުވާލެއްވާނަމަ 2024 އޮގަސްޓް 26 ވަނަ ދުވަހުގެ ކުރިން މި އިޢުލާންގެ 8 ވަނަ ނަންބަރުގައިވާ އެޑްރެހަށް އީމެއިލް މެދުވެރިކޮށް ފޮނުއްވުންއެދެމެވެ.
  2. ބީލަން ހުށަހެޅުމާއި ބީލަން ހުޅުވުން އޮންނާނީ 2024 އޮގަސްޓް 29 ވަނަ ދުވަހުގެ 11:00 ގައި   ކާމިލް ދީދީ ޕްރައިމަރީ ސްކޫލް މީޓިންގ ރޫމް  ގައެވެ.
  3. މިޕްރޮޖެކްޓާގުޅޭ ބީލަން ފޮތް މިއިޢުލާނާއެކު އާންމު ކުރެވިފައިވާނެއެވެ.
  4. މިޕްރޮޖެކްޓާގުޅޭ އިތުރު މަޢުލޫމާތު ތިރީގައިވާ އެޑްރެހުން ލިބިވަޑައިގަންނަވާނެއެވެ.

ކާމިލް ދިދީ ޕްރައިމަރީ ސްކޫލް

ނިރޮޅު މަގު، ހުޅުމާލެ ފޭސް 2، ދިވެހިރާއްޖެ.                                       

ފޯން: 3350628 

އީ-މެއިލް: procurement@kaamildidi.edu.mv

17 ޞަފަރު 1446

21 އޮގަސްޓް 2024

 

21 އޮގަސްޓް 2024
ހޯދާ