ތިލަދުންމަތީ އުތުރުބުރީ ތަކަންދޫ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
އިޢުލާން

ތަކަންދޫއިން ދިރިއުޅުމަށްޓަކައި ދޫކޮއްފައިވާ ގޯތިތަކާއި ގުޅޭ:

މިރަށުން މީގެ ކުރިން ދިރިއުޅުމަށް ދޫކުރެވިފައިވާ ގޯތިތައް ދޫކުރެވުނު އިރު ގޯތީގެ ވަށާފާރު ރޭނުމަށާއި، ގޯތިތެރެއާއި ގޯތިގުޅިފައިވާ މަގު ކުނިކަހާ، ވިނަނޮޅާ ސާފުކޮށް ބެލެހެއްޓުމަށް ވަނީ އެންގިފައެވެ. އަދި 5 އަހަރު ދުވަހުގެ ތެރޭގައި ގޯތީގައި ދިރިއުޅެން ނުފަށައިފިނަމަ އެފަރާތަކަށް ދޫކުރެވިފައިވާ ގޯތި ނެގޭނެކަމަށްވެސްވަނީ އެންގިފައެވެ. މިހެން މިކަން ބަޔާންކޮށްފައިވީނަމަވެސް ރަށުގައި ކުރިން ދޫކޮށްފައިވާ ގިނަ ގޯތިތަކުގެ ވަށާފާރު ރާނާފައި ނުވާކަން ފާހަގަކުރަމެވެ. މިހެންވަށާފާރު ނުރާނާ ހުރުމުގެ ސަބަބުން ބިންދޫކޮށްފައިވާ ސަރަޙައްދުތަކުގެ މަގުތަކުގައި ވިނަބޯވެ، މަގުގެ ބޭނުން ހިފުމަށް ވަނީ ދަތިވެފައެވެ. އަދި އެސަރަހައްދުތަކުގައި ދިރިއުޅެންފަށާފައިވާ ރައްޔިތުންނަށް ނުހަނު ދަތިތަކާ ކުރިމަތިލާންޖެހެއެވެ.

ކަން މިހެން ހުރުމުން، ރަށުން އަލަށް ދޫކުރުމަށް ހަމަޖެހިފައިވާ ގޯތިތައް ދޫކުރުމަށް އެކުލަވާލާ، 18 އޭޕްރީލް 2024 ވަނަ ދުވަހު ގެޒެޓްކުރެވުނު އުސޫލުގެ 25 ވަނަ މާއްދާގައިވާނީ 1 އަހަރުދުވަހުގެ ތެރޭގައި ތިރިވެގެން 3 ފޫޓަށް ގޯތީގެ ވަށާފާރު ފާރުރޭނުމަށާއި، އަދި ގަވާއިދު ނަންބަރ 2016/R-88 "ބަންޑާރަ ގޯއްޗާއި، އަމިއްލަ ގޯއްޗާއި، އެފަދަގޯތީގައި ހަދާއިމާރާތް ރަޖިސްޓްރީކުރުމާބެހޭ ގަވާއިދު" ގައިވާގޮތުން 5 އަހަރު ދުވަހުގެ ތެރޭގައި ގޯތީގައި ދިރިއުޅެން ފަށަންޖެހޭނެ ކަމަށެވެ. އަދި ކުރިންދޫކޮށްފައިވާ ގޯތިތަކާއިމެދުވެސް މިޢުސޫލާއި އެއްގޮތައް އަމަލްކުރެވޭނެކަމަށް އުސޫލުގައި ބަޔާންކޮސްފައިވެއެވެ. އެގޮތުން މި އިޢުލާން ޢާންމުކުރާދުވަހުން ފެށިގެން 1 އަހަރުތެރޭގައި ކުރިން ދިރިއުޅުމަށް ދޫކޮށްފައިވާ ގޯތިތަކުގެ ވަށާ ފާރުރޭނުމަށާއި ވަށައިގެންވާ މަގު ސާފުކުރުމަށް ގޯތިތަކުގެ ވެރިފަރާތްތަކަށް އަންގަމެވެ.   

އަދި މި އެންގުމާއި އެއްގޮތައް ޢަމަލް ނުކުރާ ފަތާތްތަކާއި މެދު ގަވާއިދު ނަންބަރ 2016/R-88 "ބަންޑާރަ ގޯއްޗާއި، އަމިއްލަ ގޯއްޗާއި، އެފަދަގޯތީގައި ހަދާއިމާރާތް ރަޖިސްޓްރީކުރުމާބެހޭ ގަވާއިދު" އާއި އެއްގޮތްވާގޮތުގެމަތިން ޢަމަލު ކުރެވޭނެ ވާހަކަވެސް ދަނަންވަމެވެ. އަދި މި ޢިއުލާނާއި އެގޮތައް ޢަމަލުނުކުރާ ގޯތިތައް ވެރިފަރާތުން ވަކިކޮށް، ކައުންސިލަށް ނެގޭނެވާހަކަ މަޢުލޫމާތައްޓަކައިދެންނެވީމެވެ.

            ވީމާ، މިކަން ޢާންމުކޮށް އެންގުމަށްޓަކައި އިޢުލާން ކުރީމެވެ.

22 އޮގަސްޓް 2024
ހޯދާ