މާޅޮސްމަޑުލު ދެކުނުބުރީ ގޮއިދޫ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ބަންޑާރަގޯތި ދޫކުރުމުގެ އުޞޫލް 2024 އަށް ޢާންމުންގެ ޚިޔާލްހޯދުމުގެ ފުރުޞަތު ހުޅުވާލުން

               މިރަށުން ބަންޑާރަ ގޯތި ދޫކުރުމަށްޓަކައި 2022 ވަނަ އަހަރު ކުރެވުނު މި ކައުންސިލްގެ ނަމްބަރ :  (IUL)325-MS/325/2022/27 ) ( 25 މެއި 2022 ) އާއިގުޅިގެން 2 މައްސަލައެއް ޝަރުއީ މަރުޙަލާއިން ނިންމާފައިވާތީ، އެދެ މައްސަލައިގެ ޙުކުމަށް ބަލާއިރު އޭރު ހެދިފައިވާ އުޞޫލަކީ ބަންޑާރަ ގޯތި ދޫކުރުމުގެ ޤަވައިދުގެ ބައެއް މާއްދާތަކަށް ފުށުއަރާ އުޞޫލަކަށް ވާތީ ، އެ އުޞޫލް އިޞްލާޙު ކުރުމުގެ މަސައްކަތް މި ކައުންސިލުން މިދަނީ ކުރަމުންނެވެ. މި ގޮތުން އަލަށް އެކުލަވާލެވުނު ބަންޑާރަ ގޯތި ދޫކުރުމުގެ އުޞޫލް  2024 އަށް އިޞްލާޙު ހުށަހެޅުމުގެ ފުރުޞަތު ޢާންމުކޮށް ހުޅުވާލަމެވެ.                                     ވީމާ މި އިޢުލާނާއެކު މިވާ " ބ. ގޮއިދޫއިން ދިރިއުޅުމަށް ބަންޑާރަ ގޯތި ދޫކުރުމުގެ އުޞޫލް 2024 " އަށް އިޞްލާހް ހުށަހެޅުމަށް ބޭނުންވާ ފަރާތްތަކުން ލިޔުމުން ނުވަތަ އީމެއިލް މެދުވެރުކޮށް info@baagoidhoo.gov.mv ) ) 01 ސެޕްޓެމްބަރ 2024 ވާ އާދިއްތަ ދުވަހުގެ 13:00 ގެ ކުރިން މި ކައުންސިލަށް ހުށަހެޅުއްވުން އެދެމެވެ.  

         މިހެންވެ، މިކަން ޢާންމުކޮށް އެންގުމަށްޓަކައި އިޢުލާން ކުރީމެވެ.

22 އޮގަސްޓް 2024
ހޯދާ