މާޅޮސްމަޑުލު ދެކުނުބުރީ ގޮއިދޫ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
އެއްގަމު ލައިސަންސް އާއި ގުޅޭ

އެއްގަމު ލައިސަންސް އާއި ގުޅޭ

           މޯލްޑިވްސް ޓްރާންސްޕޯޓް އޮތޯރިޓީގެ ޤަވައިދު ނަމްބަރު 2009/05 ( ޒޯން ލައިސަންސް ދޫކުރުމާއި ގުޅޭ ޤަވައިދު ) ވަނީ މިހާރު އުވާލެވިފައެވެ. މި ޤަވައިދު އުވާލުމަށް ފަހު އައު ޤަވައިދު ނަމްބަރު 2021/R-102 ގައި ބަޔާން ކޮށްފައިވާ ގޮތަށް އެއްގަމު އުޅަނދު ދުއްވުމުގެ ލައިސަންސް ނެގުމަށްޓަކައި 3 މަސް ދުވަހުގެ މުއްދަތެއް ( 25 މޭ 2024 އިން 24 އޮގަސްޓް 2024 އަށް ) ވަނީ ދެއްވާފައެވެ. ނަމަވެސް ރައްޔިތުންގެ ކަންބޮޑުވުންތައް ހުރުމުން މިކަންބޮޑުވުމަށް ހައްލެއް ހޯދުމުގެ ގޮތުން، މިހާރު ޒޯން ލައިސަންސް ނަގާފައިވާ ފަރާތްތަކުން އެ ލައިސަންސް ބޭނުންކޮށްގެން 31 އޯގަސްޓް 2025 ގެ ނިޔަލަށް އެ ޒޯނެއްގައި ދުއްވޭނެ ވާހަކަ ދެންނެވީމެވެ.

                މިހެންވެ، މިކަން ޢާންމުކޮށް އެންގުމަށްޓަކައި އިޢުލާން ކުރީމެވެ.

22 އޯގަސްޓް 2024                

22 އޮގަސްޓް 2024
ހޯދާ