ހުވަދުއަތޮޅު ދެކުނުބުރީ ތިނަދޫ ސިޓީ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ފުރިހަމަ ސިއްޙަތު" ކަސްރަތު ޕްރޮގްރާމްގައި ބައިވެރިވުމުގެ ފުރުސަތު ހުޅުވާލުން

އިޢުލާން

"ފުރިހަމަ ސިއްޙަތު" ކަސްރަތު ޕްރޮގްރާމްގައި ބައިވެރިވުމުގެ ފުރުސަތު ހުޅުވާލުން

 ތިނަދޫ ސިޓީ ކައުންސިލުން 2024ވަނަ އަހަރު ކުރިޔަށް ގެންދިޔުމަށް ހަމަޖެހިފައިވާ ހަރަކާތްތަކުގެ ތެރެއިން އުމުރުން 40 (ސާޅީސް) އަހަރުން މަތީގެ އަންހެން ބޭފުޅުންނަށް ޙާއްސަކޮށްގެން ކުރިޔަށް ގެންދާ "ފުރިހަމަ ސިއްޙަތު" ކަސްރަތު ޕްރޮގްރާމްގެ ފުރަތަމަ ބުރު 01 ސެޕްޓަބަރ 2024ވާ އާދީއްދަ ދުވަހުގައި ފެށުމަށް ވަނީ ހަމަޖެހިފައެވެ. އެހެންކަމުން މިޕްރޮގްރާމްގައި ބައިވެރިމުގެ ފުރުސަތު މިހާރު ހުޅުވާލެވިފައިވާ ވާހަކަ އާންމުކޮށް އަންގާ އިޢުލާން ކުރަމެވެ. މި ކަސްރަތު ޕްރޮގްރާމްގައި ބައިވެރިވުމަށް އެއްވެސް ފީ އެއް ދައްކާކަށް ނުޖެހޭނެއެވެ.

 މި ޕްރޮގްރާމްގެ ފުރުތަމަ ބުރުގައި 25 ބައިވެރީންނަށް ފުރުސަތު ހުޅުވާލެވިފައިވާނީ ފުރުތަމަ ރަޖިސްޓްރީވާ 25 ފަރާތައް އެކަނި ކަމުގައިވީނަމަވެސް ޖާގަ އިތުރުކުރެވޭ މިންވަރަކުން އިތުރު ފުރުސަތުވެސް ހުޅުވާލެވިފައިވާ ވާހަކަ ދަންނަވަމެވެ.

 ރަޖިސްޓްރީވުމަށް ތިރީގައިވާ ގޫގުލް ލިންކްގައިވާ ފޯރމް ފުރިހަމަ ކޮށްދެއްވުން އެދެމެވެ.

ލިންކް: https://forms.gle/5ZAdEQxDci7R8niE8

22 އޮގަސްޓް 2024
ހޯދާ