ހުވަދުއަތޮޅު ދެކުނުބުރީ ރަތަފަންދޫ މެޖިސްޓްރޭޓް ކޯޓް
ދިވެހިރާއްޖެ
ގދ.ރަތަފަންދޫ މެޖިސްޓްރޭޓް ކޯޓުގައި ކުރެވޭ ކައިވެނި އަގުދު ކޮށްދޭނެ ޝަރުޢީ މަޢުޛޫނުން ހޯދުން

ޝަރުޢީ މަޢުޛޫނުކަން ކުރުމުގެ ފުރުޞަތު

         ގދ. ރަތަފަންދޫ މެޖިސްޓްރޭޓް ކޯޓައި ކައިވެނި އަގުދުކޮށްދޭނެ ޝަރުޢީ މަޢުޛޫނުން ބޭނުންވެއެވެ.       

ޝަރުޢީ މަޢުޛޫން

މަޤާމް

3

ބޭނުންވާ ޢަދަދު

ހުވަދު އަތޮޅުދެކުނުބުރީ ރަތަފަންދޫ މެޖިސްޓްރޭޓް ކޯޓް

ކޯޓު / އިދާރާ

 

-/250 ރުފިޔާ (އަގުދު ކޮށްދޭ ކޮންމެ ކައިވެންޏަކަށް)

އެލަވަންސް

ޝަރުޢީ މަޢުޛޫނުކަން ކުރުމުގެ ހުއްދަ ލިބިފައިވާ ފަރާތެއްކަމުގައިވުން.

މަޤާމުގެ ޝަރުތު

-ޝަރުޢީ މަޢުޛޫނުކަމަށް އެދި ހުށަހަޅާފޯމް

-ވަނަވަރު

-އައިޑީކާޑުގެ ކޮޕީ

-ޝަރުޢީ މަޢުޛޫނުކަން ކުރުމުގެ ހުއްދައިގެ ކޮޕީ

ހުށަހަޅަންޖެހޭ ތަކެތި

ރަސްމީގަޑިއާއި ނުރަސްމީ ގަޑީގައި ކޯޓުން ކޮށްދޭންޖެހޭ ކައިވެނިތައް ކޮށްދިނުމަށް ހަވާލުކުރެވޭނެއެވެ.

ކައިވެނިކޮށްދޭންޖެހޭ ގަޑި

01 ސެޕްޓެމްބަރ 2024 ވަނަ ދުވަހުގެ 13:00

ސުންގަޑި

މި މަޤާމަށް މީހުން ހޮވުމަށް ބޭއްވޭ އިންޓަވިއު އޮންނާނީ 02 ސެޕްޓެމްބަރ 2024 ން 05 ސެޕްޓެމްބަރ 2024 އާއި ދެމެދު ގދ.ރަތަފަންދޫ މެޖިސްޓްރޭޓް ކޯޓުގައެވެ.

އިންޓަރވިއު އޮންނާނެ ތަނާއި މުއްދަތު

-މިމަޤާމަށް އެދިލައްވާ ފަރާތްތަކުން ހުށަހަޅަންޖެހޭ ޝަރުޢީ މަޢުޛޫނުކަމަށް އެދޭ ފޯމް މި އިޢުލާނާއި އެކު އާންމު ކުރެވިފައިވާ ގެޒެޓުން ޑައުންލޯޑު ކުރެވެން ހުންނާނެއެވެ. އަދި މި ކޯޓުގެ ކައުންޓަރުން ލިބެން ހުންނާނެއެވެ.

 

-މަޤާމަށް ކުރިމަތިލާ ފަރާތްތަކުގެ ތެރެއިން އެޕްލިކޭޝަން ފޯމާއިއެކު ހުށަހަޅަންޖެހޭ ލިޔުންތައްކަމަށް މި އިޢުލާނުގައި ބަޔާންކޮށްފައިވާ ލިޔުންތައް ފުރިހަމައަށް ހުށަހަޅާފައިނުވާ ފަރާތްތަކުގެ އެޕްލިކޭޝަން ފޯމްތައް ބާޠިލް ކުރެވޭނެ ވާހަކަ ދެންނެވީމެވެ.

-އިންޓަރވިއުއަށް ވަޑައިގަންނަވާއިރު ޝަރުޢީ މަޢުޛޫނުކަން ކުރުމުގެ ހުއްދައިގެ އަސްލު ގެންނަންވާނެއެވެ.

މިމަޤާމަށް އެދި ފޯމް ހުށަހަޅުއްވާނީ ހުވަދުއަތޮޅު ދެކުނުބުރީ ރަތަފަންދޫ މެޖިސްޓްރޭޓް ކޯޓުގެ ކައުންޓަރަށެވެ. ނުވަތަ އީމެއިލްގެ ޒަރީއާއިން ފޯމު ހުށަހަޅުއްވާނަމަ މި ކޯޓުގެ ރަސްމީ އީމެއިލް info@gdh-rathafandhoo.court.gov.mv  އަށެވެ.

-މިއިޢުލާނާއި ގުޅިގެން މަޢުލޫމާތު ސާފްކުރުމަށް ގުޅުއްވާނީ 6840153 އަށެވެ. އީ –މެއިލް ކުރައްވާނީ info@gdh-rathafandhoo.court.gov.mv އަށެވެ.  

އިތުރު މަޢުލޫމާތު

18 ޞަފަރު 1446

22 އޯގަސްޓް 2024 

22 އޮގަސްޓް 2024
ހޯދާ