ފެލިދެއަތޮޅު އަތޮޅު ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ފެލިދެ އަތޮޅު ރަކީދޫ ސިއްޙީ މަރުކަޒުގައި ވެއިޓިންގ އޭރިއަރ އެއް ހެދުމުގެ މަސައްކަތް އަމިއްލަ ތަކެތީގައި ކޮށްދޭނެ ފަރާތެއް ހޯދުން.

          ފެލިދެއަތޮޅު ރަކީދޫ ސިއްޙީ މަރުކަޒުގައި ވެއިޓިންގ އޭރިއަރއެއް ހެދުމުގެ މަސައްކަތް އަމިއްލަ ތަކެތީގައި ކޮށްދޭނެ ފަރާތެއް ހޯދުމަށް ބޭނުންވެއެވެ. ވިމާ މިކަމަށް ޝައުގުވެރިވެލައްވާ ފަރާތްތަކަށް ބީލަން ހުށަހެޅުމުގެ ދައުވަތު ހުޅުވާލަމެވެ. މި މަސައްކަތުގެ މަޢުލޫމާތުޝީޓް އިޢުލާނާއިއެކު ދިވެހި ސަރުކާރުގެ ގެޒެޓްގައި ޑައުންލޯޑް ކުރެވޭގޮތަށް އެޓޭޗް ކޮށްފައިވާނެއެވެ.

 

މަޢުލޫމާތު ސާފުކުރެއްވުމަށާއި އަގުހުށަހެޅުއްވުމަށް ހަމަޖެހިފައިވާ ގަޑިތައް ތިރީގައި އެވަނީއެވެ.

 

 

ތާރީޚް

ގަޑި

ތަން

 މައުލޫމާތު ސާފުކުރުން

27 އޯގަސްޓް 2024

10:30

  ޒޫމް މެދުވެރިކޮށް،

ފެލިދެއަތޮޅު އަތޮޅު ކައުންސިލް އިދާރާ، ވ.ފެލިދޫ، ދިވެހިރާއްޖެ

އަގު ހުށަހެޅުން

02 ސެޕްޓެމްބަރ 2024

10:30

ފެލިދެއަތޮޅު އަތޮޅު ކައުންސިލް އިދާރާ، ވ.ފެލިދޫ، ދިވެހިރާއްޖެ

 

  • ބީލަމާއި ގުޅޭގޮތުން ބޭއްވޭ މަޢުލޫމާތު ބައްދަލުވުމުގައި ބައިވެރިވެލެއްވުމަށް ރަޖިސްޓްރީވުމަށް މި އިދާރާގެ ނަންބަރު 6700502 ނުވަތަ ވައިބަރ ނަންބަރ 7949275 އަށް މެސެޖުކުރައްވާ ނަން ނޯޓް ކުރެއްވުމުން އެފަރާތަށް މަޢުލޫމާތު ދިނުމުގެ ބައްދަލުވުމުގައި ބައިވެރިވުމުގެ ލިންކް ފޮނުވައިދެވޭނެވެ.
  • ބީލަމާއި ގުޅޭގޮތުން ބޭއްވޭ މަޢުލޫމާތު ބައްދަލުވުމުގައި ބައިވެރިވެލެއްވުމަށް ރަޖިސްޓްރީވުމުގެ އެންމެ ފަހު ވަގުތަކީ 27 އޮގަސްޓް 2024ވާ އަންގާރަ ދުވަހުގެ ހެނދުނު 09:30 އެވެ. ބީލަމާއި ގުޅޭގޮތުން ބޭއްވޭ މަޢުލޫމާތު ބައްދަލުވުމުގައި ބައިވެރިވެލެއްވުމަށް ރަޖިސްޓްރީވުމަށް ދެވިފައިވާ ގަޑީގެ ފަހުން އެދިވަޑައިގަންނަވާ އެއްވެސް ފަރާތަކަށް ބީލަމާއި ގުޅޭގޮތުން ބޭއްވޭ މަޢުލޫމާތު ބައްދަލުވުމުގައި ބައިވެރިވެލެއްވުމަށް ފުރުޞަތު ނުދެވޭނެ ވާހަކަ ބީލަންވެރިންގެ މަޢުލޫމާތައްޓަކައި ދަންނަވަމެވެ.

ނޯޓް: މި ބީލަން ހުޅުވާލެވިފައިވަނީ، ވިޔަފާރި ރަޖިސްޓަރީކުރުމުގެ ޤާނޫނު (ޤާނޫނު ނަންބަރު: 18/2014) ގެ ދަށުން ވިޔަފާރި ރަޖިސްޓަރީ ކުރެވިފައިވާ ފަރާތްތަކަށާއި، އަމިއްލަ ފަރުދުންގެ ވިޔަފާރީގެ ޤާނޫނު (ޤާނޫނު ނަންބަރު: 19/2014) ގެ ދަށުން ވިޔަފާރި ރަޖިސްޓަރީ ކުރެވިފައިވާ ފަރާތްތަކަށެވެ.

އިތުރު މަޢުލޫމާތު: 

ފެލިދެއަތޮޅު އަތޮޅު ކައުންސިލްގެ އިދާރާ، ވ.ފެލިދޫ، ދިވެހިރާއްޖެ،

ފޯން: 6700502، ވައިބަރ: 7949275، އީމެއިލް: info@vaav.gov.mv 

22 އޮގަސްޓް 2024
ހޯދާ