ފާދިއްޕޮޅު އަތޮޅު ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ފާދިއްޕޮޅު އަތޮޅު ރަށްވެހިގެ 1 ކުއްޔަށް ދޫކުރުން

މިއިދާރާއިން ކަނޑައަޅާ އުޞޫލުތަކަކާއި އެއްގޮތަށް ފާދިއްޕޮޅު އަތޮޅުރަށްވެހިގެ 1 ޢިމާރާތް 15 އަހަރު ދުވަހުގެ މުއްދަތަށް ކުއްޔަށް ހިފާނެ ފަރާތެއް ހޯދަން ބޭނުންވެއްޖެއެވެ.

 ރަށްވެހިގެ އިމާރާތުގައި ހުރި ވަޞީލަތްތައް:

03  ކޮޓަރި / ފަރުނީޗަރ ނުލައި (އެޓޭޗް ފާޚާނާއާއެކު)

01  ހޯލްވޭ ފަރުނީޗަރ ނުލައި (2 ޕަބްލިކް ފާޚާނާއާއެކު)

ފެންމޯޓަރ ހަރުކުރެވިފައި

ސިންގަލް ފޭސް އިލެކްޓްރިކް ކަނެކްޝަން އަދި ފެން ގުޅާފައި

ވީމާ، މި އިމާރާތް ކުއްޔަށް ހިފުމަށް ޝައުޤުވެރިވާ ފަރާތްތަކުން ބިޑު ޑޮކިއުމަންޓްސް ފުރިހަމަ ކުރައްވައި ކަނޑައެޅިފައިވާ ގަޑިއަށް ބިޑު ޑޮކިއުމެންޓް މި އިދާރާއަށް ހުށަހެޅުއްވުން އެދެމެވެ.

ޕްރީބިޑް މީޓިންގ

ޕްރީބިޑް މީޓިންގ އޮންނާނީ  02 ސެޕްޓެމްބަރ 2024 (ހޯމަ) ދުވަހުގެ 13:00 ގައި ފާދިއްޕޮޅު އަތޮޅު ކައުންސިލްގެ އިދާރާގެ ޖަލްސާކުރާ މާލަމުގައެވެ. ޕްރީބިޑް މީޓިންގއަށް ޙާޟިރުނުވާ ފަރާތްތަކަށްވެސް ބިޑް ހުށަހެޅޭނެއެވެ.

 

ބިޑް އޯޕަން މީޓިންގ

03  ސެޕްޓެމްބަރ 2024 ވާ އަންގާރަ ދުވަހުގެ 13:00 ގައި ފާދިއްޕޮޅު އަތޮޅު ކައުންސިލް އިދާރާގެ ޖަލްސާކުރާ މާލަމުގައެވެ.

 

22 އޮގަސްޓް 2024
ހޯދާ