ތިލަދުންމަތީ ދެކުނުބުރީ ވައިކަރަދޫ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ހދ.ވައިކަރަދޫ އިން ފަޅުގޮވާންކުރުމަށް ބިން ކުއްޔަށް ދޫކުރުމާ ގުޅޭ

ހދ. ވައިކަރަދޫއިން ފަޅުގޮވާންކުރުމަށް ބިން ކުއްޔަށް ދޫކުރުމަށް އިޢުލާން ކުރަމެވެ. ވީމާ މި ބިމުގައި ފަޅުގޮވާންކުރުމާގުޅުންހުރި ވިޔަފާރިކުރުމަށް ޝައުޤުވެރިވާ ފަރާތްތަކަށް ބީލަން ހުށަހެޅުމުގެ ފުރުސަތު ހުޅުވާލަމެވެ. މި ބީލަމަށް ކުރިމަތިލާ ފަރާތްތަކުގައި ހުންނަންޖެހޭ ޝަރުތުތައް މިކަމާ ގުޅޭ ބީލަންފޮތުގައި ބަޔާންކުރެވިފައިވާނެއެވެ.

މި ބީލަމުގައި ރަޖިސްޓްރީ ކުރުމަށް ބޭނުންވާ ފަރާތްތަކުން 25 ސެޕްޓެމްބަރ 2024 ގެ 10:00 ގެ ނިޔަލަށް ތިރީގައިވާ ލިންކު މެދުވެރިކޮށް ރަޖިސްޓްރީ ކުރެއްވުން އެދެމެވެ.ރަޖިސްޓްރީކުރާ ފަރާތްތަކަށް ބީލަމާބެހޭ މަޢުލޫމާތު ކަރުދާސް ލިބޭނެ އިންތިޒާމު ހަމަޖައްސައިދެވޭނެއެވެ.ބީލަން ހުށަހެޅޭނީ މިމުއްދަތުގައި ރަޖިސްޓްރީ ކުރާ ފަރާތްތަކަށެވެ.

މި ބީލަމާ ގުޅިގެން ބޭއްވޭ މަޢުލޫމާތު ދިނުމުގެ ބައްދަލުވުން 30 ސެޕްޓެމްބަރ 2024 ދުވަހުގެ 10:00 ގައި ވައިކަރަދޫ ކައުންސިލް އިދާރާގައި ކުރިއަށް ދާނެއެވެ. ބީލަން ހުށަހެޅުމާއި ބީލަން ހުޅުވުން އޮންނާނީ 15 އޮކްޓޯބަރ 2024 ދުވަހުގެ 11:00 ގައި ވައިކަރަދޫ ކައުންސިލް އިދާރާގައެވެ.

ބީލަން ފޮތުގައިވާ މަޢުލޫމާތެއް ނުވަތަ އިތުރަށް ސާފުނުވާ ކަމެއްވާނަމަ އެކަމެއްގެ މަޢުލޫމާތު ހޯދުމަކީ ބީލަން ހުށަހަޅާ ފަރާތުގެ ޒިންމާއެކެވެ.

"ބިޑް ރަޖިސްޓްރީ ފޯމް" ގެ ލިންކު:  https://forms.office.com/r/nHpg9CMx3P

  •  ފޯމް ލިބުނުކަން ކަށަވަރު ކުރުމަށްޓަކައި ރަސްމީ ގަޑީގައި މިއިދާރާގެ ނަންބަރ 6520046 ފޯނާ ގުޅުއްވާ ޔަގީން ކުރަންވަން ވާނެއެވެ.

ފޯން: 6520046

އީމެއިލް: projects@vaikaradhoo.gov.mv

 ވީމާ މިކަން ޢާންމުކޮށް އެންގުމަށްޓަކައި އިޢުލާން ކުރީމެވެ.

22 އޮގަސްޓް 2024
ހޯދާ